ރަވީނާ ޓަންޑަންއާ އަޖޭ ދޭވްގަން ނުވަދިހައިގެ އަހަރުތަކުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ އަޑުތައް ފެތުރިގެން ދިޔަ އެވެ. އަޖޭ އަކީ ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވެގެންދިޔަ ފަންނާނެކެވެ.

އަޖޭ ލޯބީގެ ގިނަ ފިލްމުތަކުން ފެނިގެންދިޔައިރު ބައެއް ތަރިންނާ ލޯބީގެ ގޮތުންގުޅުނު ކަމުގެ އަޑުތަށް ފެތުރުނެވެ.

ނަމަވެސް ގިނަބައެއްގެ ސަމާލުކަން ހޯދާ މަޝްހޫރުވެގެން ދިޔައީ އަޖޭއާ ރާވީނާގެ ގުޅުމެވެ. ދެ ތަރިން އެކުގައި ފެނިގެންދިޔަ ފިލްމުތަކަށް ބަލާއިރު "ދިލްވާލޭ" އާއި "ގެއިރު" އަދި "އޭކު ހީ ރިސްތާ" ފާހަގަކޮށްލެވެ އެވެ. މި ދެމީހުންގެ ގުޅުން އެތައް ދުވަހަކަށް ދެމިގެންދިޔަ އެވެ.

އަޖޭ ރަވީނާއާ ރުޅިވެފައި ވަނީ ކަރިޝްމާ ކަޕޫރަށް އޭނާގެ ހިތުން ޖާގަދެވިގެން ކަމަށް ހަބަރު ފެތުރިފައިވެ އެވެ. މިކަމުގެ ސަބަބުން ރަވީނާއަށް ލިބުނީ ބޮޑު ސިހުމެެކެވެ. ރަވީނާ ވަނީ އަމިއްލައަށް މަރުވާން ވެސް މަސައްކަތްކޮށްފަ އެވެ.

ރަވީނާ ވަނީ އޭނާއަށް އަޖޭ ލިޔެފައިވާ ލޯބީގެ ސިޓީތަކެއް ހުރި ކަމަށް އިންޓަވިއުއެއްގައި ބުނެފަ އެވެ. އަދި އަޖޭވަނީ މިއީ ރަވީނާ މީހުންގެ ސަމާލުކަން ހޯދުމަށް ދައްކާ ވާހަކަތަކެއް ކަމަށް ވެސް ބުނެފަ އެވެ.

އަޖޭވަނީ އެ ސިޓީތައް ހުރިކަމަށް ވަންޏާ އެ އެއްޗެތި ދެއްކުމަށް އެދިފަ އެވެ. އިތުރަށް އެ އިންޓަވިއުގައި އަޖޭ ބުނެފައި ވަނީ ރަވީނާއަކީ ވަރަށް ދޮގުހަދާ މީހެއް ކަމަށާއި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ނުދައްކައިފި ނަމަ މޮޔަވެދާނެ ކަމަށެވެ.

އަޖޭ މިހާރު ކައިވެނިކޮށް އުޅެނީ ވެސް މަޝްހޫރު ފިލްމީ ތަރި ކާޖޮލްއާ އެވެ. އެ ދެ މީހުންގެ ދެ ދަރިން ތިބެ އެވެ.