ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ކުރިއަށް ދާނީ އެމްޑީޕީގެ ލީޑަޝިޕްގެ މަޝްވަރާގެ މަތިން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބިގޭ ވިދާޅުވީ ރައީސް މުއިއްޒު ވަކި ކުރުމަށް މަޖިލިހަށް ހުށަހަޅަން ޖެހޭ ސޮޔަށް ވުރެ ގިނަ ސޮއި މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އޮތީ ފާސްކޮށްފައި ކަން ވެސް ބިގޭގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން މިކަމާ ގުޅޭ ގޮތުން ޕާޓީގެ ލީޑަޝިޕް ލެވެލްގައި ވެސް މަޝްވަރާ ކުރުމަށް ފަހު މިކަން ކުރިއަށް މި ގެންދަނީ. އެހެންވީމަ އެ ހުށަހެޅުން ހުށަހަޅާނީ މާދަންތޯ އަޅުގަނޑުމެން މި ދަނީ (ބަލަމުން). ވަގުތާއި ހާލަތަށް ބަލާފައި އެ ހުށަހަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ،" ބިގޭ ވިދާޅުވި އެވެ.
އެމްޑީޕީގައި މި ވަގުތު 44 މެންބަރުން މަޖިލީހުގައި ހިމެނެއެވެ. އަދި އެމްޑީޕީއާ ގުޅިގެން މިހާރު ޕާލަމެންޓުގައި މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި 14 މެންބަރުން ހިމެނެއެވެ. އެހެންވެ ދެ ޕާޓީ ގުޅިގެން ވޯޓު ދީފި ނަމަ ރައީސް މަގާމުން ދުރަން ބޭނުންވާ އަދަދަށް ވޯޓު ލިބޭނެ އެވެ. މަޖިލީހުގެ މިހާރު ތިބި މެންބަރުންގެ އަދަދަށް ބަލާއިރު ރައީސް މަގާމުން ދުރުކުރަން ބޭނުންވާނީ 54 ވޯޓެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ އަދަދުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުން ވޯޓުދީގެންނެވެ. އެއީ މި ހިނގާ 19 ވަނަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަމަށްވާ 87 މެންބަރުންގެ ތިންބައިކުޅަ ދެބައި ކަމަށްވާ 58 ވޯޓެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރާއި ކުންފުނިތަކަށް ބަދަލުވުމުން މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދެއް ކަމަށް ބަލަނީ 80 އެވެ.
މަޖިލީހުގެ ގަވާއިދަށް ދާދި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުގެ ގަރާރެއްގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް ތެރޭ، އެ ގަރާރުގެ ނޯޓިސް ރައީސް ނުވަތަ ނައިބު ރައީސަށް ދޭން ޖެހޭނެ އެވެ. އަދި 14 ދުވަހުގެ އެ ނޯޓިސްގެ މުއްދަތު ހަމަވުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި އެ ގަރާރު ހުށަހަޅަން ޖެހެ އެވެ.
އެ ގަރާރާ ގުޅިގެން މަޖިލީހުގައި ކުރާ ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުވުމަށް 30 މިނެޓު ދިނުމަށް ފަހު، ބާކީ އޮންނަ ދެ ގަޑިއިރާއި 30 މިނެޓު ސިޔާސީ ޕާޓިތަކަށާއި އަމިއްލަ މެންބަރުން ބަހުސް ކުރުމަށް ދޭނެ އެވެ.
މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގައި މަޖިލީހުގެ ޖުމްލަ އަދަދު ގުނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އިސްލާހެއްކަމަށް ގަބޫލު ކުރެވޭތީ އެ އިސްލާހު ބާތިލުކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދުސްތޫރީ މައްސަލައެއް ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެ އެވެ.
ރައްޔިތުން ހޮވާފައިވާ ރައީސާއި ނައިބް ރައީސް މަޖްލީހުގެ މެމްބަރުންނަށް އިންޑިއާ އިން ރިޝްވަތު ދީގެން އެކަން ކުރުމުގެ ކުރިން ރައީސް މުއިއްޒުގެ ސަރުކާރުން ކުރަން ޖެހޭ ކަމަކީ ރައީސް ޔާމީން އަފްއާމްގެ ދަށުން ދޫކޮށްލުމޭ ދެން ރައީސް މުއިއްޒުގެ ގަރާރަކުން ނިންމަންވީ ރައްޔިތުން ހޮވާފައިވާ ރައީސާއި ނައިބް ރައީސް މަގާމުން މަޖްލީހަށް ވަކިކުރެވޭނެތޭ ނޫންތޭ ބަލަން ރައްޔިތުންގެ ވޯޓަކަށް ދާން ރައީސްގެ ގަރާރަކުން ނިންމަންވީއޭ އަދި އިންޑިއާ އައުޓް ގަރާރު ބާތިލް ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ