ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑު ކަމަށްވާ ވިރާޓް ކޯލީއާއި އަނުޝްކާ ޝަރްމާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް އެ ދެމަފިރިންގެ ގާތް ރަހުމަތްތެރިއަކު ޔަގީން ކޮށްދީފި އެވެ.

ދެކުނު އެފްރިކާގެ ކުރީގެ ކްރިކެޓް ކެޕްޓަން އަދި ވިރާޓްގެ ރަހުމަތްތެރިޔާ އޭބީ ޑި ވިލިއާސް ބުނެފައިވަނީ ވިރާޓްއާއި އަނުޝްކާއަށް ދެވަނަ ކުއްޖަކު ލިބެން އުޅޭތީ ވިރާޓް ވީހާވެސް ގިނަ ވަގުތު އަނުޝްކާއާއެކު ހޭދަކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ވެސް އަނުޝްކާ ދެވަނަ ދަރިއަކަށް ބަލިވެ އިން އަޑުތަކެއް ފެތުރުނު ނަމަވެސް އެއްވެސް ފަރާތަކުން އެ ހަބަރުތައް ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ވިލިއާސް އިތުރަށް ބުނީ މިފަދަ ހާލަތެއްގައި އާއިލާއާއެކު ވަގުތު ހޭދަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ވިރާޓް އެނބުރި ކުޅުން ފަށާނެ ދުވަހަކަށް އިންތިޒާރުކުރާ ކަމަށެވެ.

2017 ވަނަ އަހަރު ކައިވެނިކުރި ވިރާޓްއާއި އަނުޝްކާ އެމީހުންގެ އަލަތު ދަރިފުޅު ވިރުޝްކާއަށް މަރުހަބާ ކިޔާފައިވަނީ 2021 ވަނަ އަހަރު އެވެ.