ހިމާލިޔާ ފަރުބަދައިން އައިސްގަނޑެއް ވެއްޓި، އިންޑިއާގެ ޓަނަލެއްގައި ތާށިވި 35 މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަގެންދެ އެވެ.

މި ޓަނެލް ބެދިފައިވަނީ އުޓްރަކަންޑްގެ ކޯރެއްގެ ފެންބޮޑުވެ އުފެދުނު ބޮޑު ފެންގަނޑަކާއެކުގަ އެވެ. މި ފެންބޮޑުވުމުގެ ހާދިސާގައި އެ އަވަށުގައި މިހާތަނަށް 28 މީހުން މަރުވެފައިވާ އިރު 150 މީހުން ވަނީ މަރުވެފަ އެވެ.

މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއްގެ ގޮތުގައި ބެލެވެނީ ހިމާލިޔާ ފަރުބަދައިން ބޮޑު ގަނޑުފެންގަނޑެއް އެ ކޯރަށް ވެއްޓިގެންނެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ބޮޑަށް ކުރިއަށް ދަނީ ދިގުމިނުގައި 8.3 ކިލޯމީޓަރު ހުންނަ ޓަނަލްގަ އެވެ. އެތަނުގެ ތެރޭގައި ތާށިވެފައިވަނީ ހައިޑްރޯ އިލެކްޓްރިކް ޑޭމް އެއް ހެދުމަށް ހަރަކާތްތެރިވަމުން ދިޔަ މީހުންތަކެކެވެ.

މި ޓަނެލްއަކީ ޓަޕޮވަން ވިޝްނުގަޑް ހައިޑްރޯ ޕަވާ ޕްރޮޖެކްޓާ ގުޅިފައިވާ ދެ ޓަނަލުގެ ތެރެއިން އެއް ޓަނަލެވެ. ފެންގަނޑާއެކު ގަލާއި ވެއްޔާއި އައިސް ޓަނަލްތަކުގައި ނިކުމެވެން ހުރި ދޮރުތައް ވަނީ ބަންދުވެފަ އެވެ.

ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރިއަށް ދިޔަ މި ހައިޑްރޯ ޕަވާ ޕްރޮޖެކްޓްގެ މަސައްކަތް 2023 ވަނަ ނިންމާލުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ތާށިވި މީހުން ސަލާމަތްކުރުމަށް ޓަނަލްގެ ތެރެއަށް ވަތް މީހުން ވަނީ ފެން ބޮޑުވެފައިވާތީ އާއި އެތެރޭގައި ހުރި ކުނިބުނީގެ ސަބަބުން އަނބުރާ ނުކުމެފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން އާދީއްތަ ދުވަހުން ފެށިގެން ތާށިވެފައި ތިބި މީހުންނާ ނުގުޅޭ ކަމަށާއި އެ މީހުން ތިބި ހިސާބެއް ވެސް އަދި ތިބީ އެއްކޮށް ކަމެއް ވެސް ބުނަން ދައްޗެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.