ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާއާއި ފިރިމީހާ ވިރާޓް ކޯލީއަށް ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށް އެދެމަފިރިން އިއުލާން ކޮށްފި އެވެ.
އެމީހުންގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އަނުޝްކާ ވިހާފައިވާ ކަމަށާއި އެމީހުންގެ ދަރިފުޅުގެ ނަމަކަށް "އަކޭއި" ކިޔާފައިވާ ކަމަށެވެ.
އެއާއެކު މި ދަނޑިވަޅުގައި އެންމެންގެ ލޯތްބާއި ހެޔޮ ދުއާ އެ އާއިލާއިން ބޭނުންވާ ކަމަށް ވެސް އެމީހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަނުޝްކާ ދެވަނަ ފަހަރަށް ބަލިވެ އިންކަމުގެ އަޑުތައް ފާއިތުވި ދުވަސްތަކުގައި މީޑިއާގައި ފެތުރުނު ނަމަވެސް އެއިން އެއްވެސް މީހަކު އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.
2017 ވަނަ އަހަރު ކައިވެނިކުރި އަނުޝްކާއާއި ވިރާޓްއަށް އެމީހުންގެ އަލަތު ދަރިފުޅު ވަމިކާ ލިބިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ޝާހްރުކް ޚާން ޑޮން 3އަށް އަނބުރާ އަންނަނީ؟
ވޯލްޑް ކަޕް ސްކޮޑުން ރޮނާލްޑޯއަށް ފުރުސަތު ގެއްލިދާނެ
ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އެޓޫ ސަސްޕެންޑް ކޮށްފި