މާގިނައިން އެނާޖީ ޑްރިންކްސް ބޭނުންކުރުމުގެ ސަބަބުން އެމެރިކާ މީހެއްގެ ސިކުނޑި ހަލާކުވެ، ބޮލުން ބައެއް ވަކިކޮށްފި އެވެ.

އެމެރިކާގެ ކެލިފޯނިޔާއަށް އުފަން އޮސްޓިން ނަމަކަށް ކިޔާ މީހެއްގެ ބޮލުން ބައެއް ވަކިކުރަން ޖެހުނީ ސިކުނޑިއަށް ލިބުނު ގެއްލުމަށް ފަރުވާކުރުމަށްޓަކަ އެވެ.

އެކަމާ ވާހަކަ ދައްކަމުން އޮސްޓިންގެ އަންހެނުން ބްރިއަނާ ބުނީ އޮސްޓިން އަށް އެހެން ދިމާވާން ފެށީ މަސައްކަތުގައި ގިނައިރު އުޅެން ޖެހޭތީ އެނާޖީ ޑްރިންކް ބޯން ފެށުމުން ކަމަށެވެ.

ބްރިއާނާ ކިޔައިދިން ގޮތުގައި އެއް ދުވަހަކު އޮސްޓިންގެ މަންމަ ގުޅާފައި އޭނާގެ ދަރިފުޅު ހަބަރު ހުސްވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރި ވާހަކަ ބުންޏެވެ. ފަހުން އެނގުނު ގޮތުގައި އޮސްޓިންއަށް އެހެންދިމާވީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ދިއުމުންނެވެ. އިތުރު ޓެސްޓްތައް ހެދުމުން މާގިނައިން އެނާޖީ ޑްރިންކްސް ބޯތީ ސިކުޑިއަށް ގެއްލުން ވީކަން ހާމަވި އެވެ.

އޮސްޓިންއަށް ފަރުވާކުރުމަށްޓަކައި ސިކުނޑީގެ އިތުރު އޮޕަރޭޝަން ކުރެވުނެވެ. އޭރު ވެސް ސިކުޑި ދުޅަވެ، ފިޓްޖެހެމުން ދިޔަ އެވެ. މިކަމަށް އިތުރަށް ފަރުވާކުރުމުގެ ތެރޭގައި އޮސްޓިންގެ ބޮލުން ބައެއް ވެސް ކަފާލަން ޖެހުނެވެ. އަދި އެތައް ދުވަހަކު ހޭނާރާ ހޮސްޕިޓަލްގައި އޮތެވެ.