އަލަށް އުފަންވާ ކުދިންނަށް ދުވާލަކު 20 ގަޑިއިރުގެ ނިދި ބޭނުންވާއިރު އެކުދިން ނިންދެވުމުގައި މައިންބަފައިން ރަނގަޅު އާދަތަކެއް ގެންގުޅެން ޖެހެ އެވެ. އެ އާދަތަކަކަކީ ދިގު މުއްދަތުގައި އެކުއްޖެއްގެ ނިދުމުގެ އާދަތައް ބައްޓަން ވުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ.
ކޮޓަރީގެ އަލި ފަނޑުކުރުން
ދަރިފުޅު ނިންދަވާ ކޮޓަރީގެ އަލި ފަނޑުކުރުމަކީ އެކުދިން ނިންދަވާއިރު އެންމެ އިސްކަމެއް ދޭންވީ އެއް ކަމެވެ. މާހިރުން ބުނާ ގޮތުގައި ކޮޓަރި އަނދިރިކުރުމުން ދަރިފުޅުގެ ސިކުނޑިން މެލަޓޯނިން ނުވަތަ ނިދާ ހޯމޯން ރިލީޒް ކޮށްދީ ނިދަން ފަސޭހަކުރުވަ އެވެ.
ނިދި އައުމުން ތަންމަތީގައި ބޭއްވުން
ދަރިފުޅު ނިދިއައިސް އާފުރެން ފެށުމުން ތަންމަތީގައި ބާއްވަންވީ އެވެ. ދަރިފުޅަށް 6-8 ހަފްތާއާއި ދެމެދުގައި މިފަދައިން ނިންދެވުމަށް އާދަ ކުރަންވާނެ އެވެ. ގާތުން ދިނުމަށްފަހު ނިދެން އުޅުމުން ދެން އެދުގައި ބާއްވާށެވެ. އޭރުން ދަރިފުޅަށް އަމިއްލައަށް ނިދަން އާދަވާނެ އެވެ.
ސީދާ ލޮލަށް ނުބެލުން
ނިދާ ގަޑީގައި ނުވަަތަ ރޭގަނޑު ދަރިފުޅާ މާގާތްކޮށް ސަކަރާތްޖަހާ އުޅޭނަމަ އޭނާ ނިިންޖާ ދުރުވާލެއް ބޮޑުވާނެ އެވެ. އެހެންކަމުން މަޑުމަޑުން ފިރުމާ، ސީދާ ދަރިފުޅުގެ ލޮލަށް ބެލުން ވީހާވެސް މަދުކޮޮށް މަޑު ނާނާއަކާއެކު ދަރިފުޅު ނިންދެވޭތޯ ބަލާށެވެ.
ތަންމަތިން ނުނެގުން
ވަރަށް ގިނަފަހަރު ދަރިފުޅު ނިންދަވާފައި މާ ގިނައިރުތަކެއް ނުވަނީސް ކުޑަކޮށް ހެލިލާ، ހޭލަން އުޅެފާނެ އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކީ އަދި ދަރިފުޅު ތެދުވަން އުޅޭ ފަހަރެއް ނޫނެވެ. މާ ބޮޑަށް ހޭލެވެން އުޅޭނަމަ އުރުމުގެ ބަދަލުގައި ކައިރިއަށް ގޮސް ނިންދެވޭތޯ އުޅޭށެވެ.