ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިން ހިދުމަތަށް ކުއްލި މައްސަލައެއް ދިމާވެ، ހިދުމަތް މެދުކެނޑިއްޖެ އެވެ.
ބީއެމްއެލް އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިންޓަނެޓް ބޭންކިން އާއި މޮބައިލް އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް ދޭތެރެ ދޭތެރެއިން އެކި މައްސަލަތައް ދިމާވެ، ހިދުމަތް މެދުކެނޑެ އެވެ. އަދި ހިދުމަތް މެދުކެނޑުމާ ގުޅިގެން ގިނަ ބަޔަކު އެ ބޭންކަށް ފާޑުކިޔަ އެވެ.
ބީއެމްއެލް އިން ބުނަނީ އެ ބޭންކުން އިންޓަނެޓް ބޭންކިން ހިދުމަތް ދޭން ބޭނުންކުރަނީ އެންމެ ޒަމާނީ ނެޓްވޯކެއް ކަމަށެވެ.
ދައުރު ދަންމާލުމަށް ފަހު ތާވަލުކުރި ފުރަތަމަ ޖަލްސާ ކެންސަލް!
"މައިކަލް" އަނެއްކާވެސް ޗާޓުގެ އެއްވަނައަށް!
އެމިލީއާއި ސްޓޭންލީށް ހޮލީވުޑް "ވޯކް އޮފް ފޭމް"ގެ ތަރިއެއް!