އަންނަ މަހު 12 ގައި އޮލިމްޕަހުގައި ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ލަސްވިޔަސް"ގެ ޓިކެޓް އޮލިމްޕަހުގައި ވެސް ވިއްކަން ފަށައިފި އެވެ.
މި ފިލްމަކީ ދިވެހި ފިލްމީ ދާއިރާގެ މަގުބޫލު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓުކުރާ ދެވަނަ ފިލްމެވެ.
މި ފިލްމުގެ 64 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ޓިކެޓް އޮލިމްޕަހުގެ އިތުރުން އޮންލައިންކޮށް ވެސް ޓިކެޓް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ފިލްމުގެ ޓިކެޓް ގަންނަން ލިބޭނީ މި ފިލްމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވެބްސައިޓް ކަމަށްވާ "ލަސްވިޔަސް ޑޮޓްކޮމް" އިންނެވެ. މި ފިލްމުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 160 ރުފިޔާ އަށެވެ.
"ލަސްވިޔަސް" އަކީ ކެންސަރު ޖެހިފައިވާ ކުޑަ އަންހެން ކުއްޖެއްގެ ހަޔާތުގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ލަސްވިޔަސްގައި ހިމެނޭ ތަރިންނަކީ ކުރީގެ މަޝްހޫރު ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާއި، އަހްމަދު އީސަ (އާނަންދު)އާއި، ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަންއާއި، ރީކޯ މޫސާ މަނިކު އަދި ވާޝިޔާ މުހައްމަދު އެވެ.
ލަސްވިޔަސްގެ ޓީމުން ވަނީ ޓްރެއިލާގެ އިތުރުން ފިލްމުގެ ޕޯސްޓަރު އަދި ފިލްމުގެ ބައެއް ލަވަތައް ވެސް އާންމުކޮށްފަ އެވެ. ޓެޑްރީގެ ފީޗާ ފިލްމެއް މީގެކުރިން ޑައިރެކްޓް ކުރީ މީގެ 30 އަހަރު ކުރިން "ދެރިޔާ" އެވެ. އެ ފިލްމަކީ އޭރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އަދި ފިލްމު އެވޯޑްގައި ގިނަ އެވޯޑްތަކެއް ވެސް ހޯދި ފިލްމެކެވެ.
ރާއްޖޭގެ އިގްތިސާދު އެއްކޮށް މެނޭޖް ކުރުމަށް ޓަކައި ބޭނުންވާނީ 30 ބިލިއަން ރުފިޔާގެ އާމްދަނީއެކޭ ލިބެން 2030 ގެ ފަހުން އެކަން ކުރެވޭނީ ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ މީހުން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ޓަކައި މާލެެ އުތުރު ފަޅިން ތިލަފުށިން ފެށިގެން ބްރިޖް އަޅާލަންވީ ގާފަރަަށް ގާފަރު ފަޅު އެއްކޮށް ހިއްކާލާ ގާފަރާއި ތިލަފުއްޓާއި ދެމެދު ހުރި ހުރިހާފަޅު ތައް ހިއްކާލާ އެތަނުން ބިން ދޭންވީއޭ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް 10 ހާސް އަކަމީޓަރުގެ ބިމެއް އެއިރުން އިގްތިސާދު ވަރުގަދަ
ރާއްޖޭގެ އިގްތިސާދު އިއާދަވާ ދުވެލި ރަނގަޅުވާ ކަމަށް ވޯލްޑް ބޭންކް އިން ބުނި ނަމ،ަވެސް ވޯލްޑް ބޭންކް އައިއެމްއެފް ޔޫއެން އަދި ޔޫއެންޑީޕީ އަދި ޔުނިސެފް މީ ކަނޑުކޮހުންގެ ސަރުދާރުން އުޅޭ ތަންތަން ކަމަށޭ މަމެން ދެކެނީ މިހާތަނަށް ގައުމު ތައް ހަލާކުވީ ވޯލްޑް ބޭންކާއިހެދިއޭ މިރާއްޖޭގެ އިގްތިސާދު ކުރިއަރާނީ އެއީ އިގްތިސާދުގެ ކްރީމް ކޮޅު ދިރުވައިގެންނޭ ރާއްޖޭގެ އިގްތިސާދުގެ ކްރީމް އަކީ އެއީ މާލެ ސަރަހައްދޭ މާލެ ސަރަހައްްދުން ގިނަ އަދަދަކަށް ބިން ދިވެހި ރައްޔިތުންނަށް ހިލޭދޭންވީ މެދުކެނޑުމެއް ނެތި 2030