މިއަދު މި ގެނެސްދެނީ ކުޅި ރަހަތަކަށް ލޯބިކުރައްވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ކެއުމެކެވެ. ރޯދަ ވީއްލުމުގެ ސުފުރާއަށާއި ތާރާވިސް ސުފުރާއަށް މި ކެއުން ތައްޔާރުކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

ބޭނުންވާ ތަކެތި

  • 500 ގ. ކަނޑުމަސް (ކިއުބްކޮށް ކޮށާފައި)
  • 1 ފިޔާ (ކޮށާފައި)
  • 3 ލޮނުމެދު (ކޮށާފައި)
  • 1/2 ޖޯޑު ލީކްސް (ކޮށާފައި)
  • 1/2 ޖޯޑު ކެޕްސިކަމް (ކޮށާފައި)
  • ރަހަލާ ވަރަށް ލޮނު
  • 1 ގިތެޔޮ މިރުސް (ކޮށާފައި)
  • މޭޒުމަތީ ދެ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • މޭޒުމަތީ ދެ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް
  • މޭޒުމަތީ އެއް ސަމުސާ ޗިލީ ސޯސް
  • މޭޒުމަތީ އެއް ސަމުސާ ފިޝް ސޯސް
  • ތެޔޮފޮދެއް

ތައްޔާރު ކުރާނެ ގޮތް

  1. ތަވައެއްގައި ތެޔޮ ހޫނުކޮށް، ކޮށާފައި ހުރި މަސްކޮޅު ހަރުވަންދެން ތެލުލާށެވެ.
  2. ތެއްޔެއްގައި ތެޔޮފޮދު ހޫނު ކޮށްލައި ފިޔާ ކޮޅާއި ލޮނުމެދު ކޮޅު މިލުވާލާށެވެ.
  3. ދެން ކެޕްސިކަމް އާއި ލީކްސްކޮޅު ވެސް މިލުވާލުމަށްފަހު މީގެ ތެރެއަށް މިރުސްކޮޅު އަޅާލާށެވެ. ލޮނު ލުމަށްފަހު ޓޮމާޓޯ ޕޭސްޓް އަދި ސޯސް ކޮޅު އަޅާލާ އެއްކޮށްލާށެވެ.
  4. ކެކެން ފެށުމުން ތެލުލި މަސްކޮޅު އަޅާލާ އެއްކޮށްލާށެވެ. މަސްތަކުގެ ތެރެއަށް ސޯސް ވަންނަންދެން މަޑުގިނީގައި ކައްކާލާށެވެ.