ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތް ޗައިނާގެ ކުންފުނިން ފަށައިފި އެވެ.
ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް އެ މަޝްރޫއު ކުރިއަށްގެންދިޔަ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ( ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީއާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަށް ބްރިޖްގެ މަރާމާތާއި ބެލެހެއްޓުމާ ގުޅޭ މަސައްކަތްތަކެވެ. އެގޮތުން މިހާރުން މިހާރަށް ކުރިއަށް ގެންދަންޖެހޭ ބްރިޖް މަރާމާތާއި ގުޅޭ ފަންނީ މަސައްކަތްތަކާއި މެއިންޓަނަންސް އަދި ބްރިޖްގެ ހާލަތާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެ އެވެ.
ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ހަރަދުވާއިރު، މިއީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.
ބްރިޖްގެ މެއިންޓަނަންސް މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު ކުރިއަށްގެންދާ މެއިންޓަނަންސާއި، 6 މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު 1 ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތްތައް ހިމެނެ އެވެ. އަދި މިކަމަށް ދިވެހިން ތަމްރީންކުރުން ވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.
ޗައިނާގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހު އެވެ. މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެ އެވެ.
އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ނަން ބަދަލުކޮށްފި
ވޯލްޑް ކަޕް 2026: ރަސްމީބޯޅަ "ޓްރައިނއޮންޑާ" އެހެން ލެވެލް އެއް!
ރިޔާސީ ދައުރު ދަންމާލާ ވޯޓު އޮޅުވާލަން މަސައްކަތް ކުރޭ: މައުރޫފް

ސިނަމާލެ ބްރިޖްގެ މެއިންޓަނެންސް ޗައިނާ އިން ހިލޭ ކޮށްދެނީ