މަމްސް އެއިޑްގެ ހިޔާވަހި ފަންޑްރެއިޒިން ކެންޕޭން މި އަހަރު ޚާއްސަ ކޮށްފައިވަނީ އާމިރާ އަދި އޭނާގެ ތިން ދަރިންގެ އާއިލާއަށެވެ. އާމިރާއަކީ ކައިވެނީގެ ދުވަސްވަރު އެކިގޮތްގޮތުން ގެވެށި އަނިޔާ ތަހައްމަލުކޮށް، 13 އަހަރަށް ފަހު ތިން ކުދިންނާ އެކު އެ އަނިޔާވެރި ދިރިއުޅުމުން ސަލާމަތްވެފައިވާ އެކަނިވެރި މަޔެކެވެ. ދެކުނުގެ ރަށެއްގައި ދިރިއުޅޭ މި އާއިލާ މި ވަގުތު ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގަ އެވެ.

އާމިރާ މި ވަގުތު ދިރިއުޅޭ ގޭގެ ފާރު ތަޅާލާފައި ހުރި އިރު ފުރާޅުގެ އެކި ތަންތަން ހިޔާކޮށްފައި ވަނީ ހަމައެކަނި ސަތަރިގަނޑަކުންނެވެ. ސަތަރިގަނޑު ހަލާކުވެފައިވާ ތަންތަނުން ގޭތެރެއަށް ވާރޭ ވެހެ އެވެ. ބަދިގޭގެ ހިފައިގެންގުޅޭ ތަކެތި ހުންނަނީ ހާމައަށެވެ. އާމިރާގެ ކުދިން ފިލާވަޅު ހަދަން ތިބެނީ އެނދުމަތީ ނުވަތަ ބިންމަތީގަ އެވެ. ނިދަން ގެންގުޅޭ ގޮދަނޑި އަދި ބާލިސް ފަދަ ތަކެތި ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. ގޭގައި ކުޑަދޮރެއް ނުހުރެ އެވެ. ކުދިން ދިރިއުޅެނީ ހޫނާއި އާވީގެ ތެރޭގަ އެވެ. ކަރަންޓް ވަޔަރުތައް ހާމައަށް ހުރެ ފެނުގެ އަސަރުކޮށް ޝޯޓުވެ އެވެ. މި މާހައުލަކީ އާމިރާގެ ކުޑަކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް މާހައުލެކެވެ.

https://www.facebook.com/photo/?fbid=816061623888362&set=pcb.816061793888345

އާމިރާ މި ވަގުތު ދިރިއުޅެމުން ދަނީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކޮށްގެން ލިބޭ 2،500 ރުފިޔާ އަދި ސަރުކާރުން އެކަނިވެރި މައިންނަށް ދޭ 3،000 ރުފިޔާ އާ އެކު ޖުމްލަ މަހަކު 5،000 ރުފިޔާ އިންނެވެ. އާމިރާއަށް ގަވާއިދުން ދަރިންގެ ޚަރަދު ދަރިންގެ ބައްޕަގެ ފަރާތުން ނުލިބޭކަން މަމްސް އެއިޑް ވަނީ ކަށަވަރުކޮށްފަ އެވެ. އެހެންކަމުން، އާމިރާގެ ދިރިއުޅުމުގެ ހާލަތު އަމިއްލައަށް ބަދަލުކުރުމުގެ ފެންވަރެއް މި ވަގުތު އާމިރާގެ ނެތެވެ. މިކަން ކުރެވެން އޮތީ، އެންމެންގެ ދީލަތި އެހީ އިންނެވެ.

މަމްސް އެއިޑް އިން މަސައްކަތް ކުރަމުން ދަނީ މި އާއިލާ ދިރިއުޅޭ ގެ ރަނގަޅު ފެންވަރަށް ހަދައިދިނުމަށެވެ. އަދި ގޭތެރެއަށް ބޭނުންވާ ސާމާނު ހަމަކޮށްދިނުމަށެވެ. މަމްސް އެއިޑް އިން ވަނީ މިފަދަ ޕްރޮޖެކްޓެއް މިދިޔަ އަހަރު ފުރިހަމަކޮށްފަ އެވެ.

މަމްސް އެއިޑްގެ އެދުމަކީ މި އާއިލާގެ ދިރިއުޅުން ބަދަލުކުރުމުގައި އެންމެންގެ އެހީ ލިބުމެވެ. މަމްސް އެއިޑް ގެ މި ޕްރޮޖެކްޓަށް ތިރީގައިވާ އެކައުންޓް ނަންބަރުތަކަށް ޑޮނޭޓްކުރެވޭނެ އެވެ.

Moms aid donation

އެހީތެރިކަން ފޯރުކޮށްދިނުމަށް:

MVR 7730000294482 USD 7730000294483

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 7349392 / 7349393 / 7349394

އާމިރާގެ ދިރިއުޅުމާއި ބެހޭ އިތުރު މައުލޫމާތު މަމްސް އެއިޑްގެ ފޭސްބުކް https://www.facebook.com/MomsAidmv?mibextid=LQQJ4d އަދި އިންސްޓާގްރާމް https://www.instagram.com/moms__aid/?igsh=MTg1ZG5oN3UxeHd5dw%3D%3D ޕޭޖުން ލިބޭނެ އެވެ.