މިފަހަރު މި ގެނެސްދެނީ ރެސްޓޯރެންޓްތަކުން ވަރަށް ގިނައިން އޯޑަރު ކުރެވޭ ކެއުމެކެވެ. ދެން ރެސްޓޯރެންޓަކަށް ދިއުމުގެ ބަދަލުގައި ގޭގައި މި ކެއުން ހަދާލުން ރަނގަޅުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 4 ސަމުސާ ތެޔޮ
  • 1 ފިޔާ (ކުދިކޮށް ކޮށާފައި)
  • 4 ލޮނުމެދު (ޗިސްކޮށްފައި)
  • 1 ކިލޯ ބީފް (ކުދިކޮށް ކޮށާފައި)
  • 1 ދަޅު ޓޮމާޓޯ
  • 1 ދަޅު ޕީލްޑް ޓޮމާޓޯ
  • 3/1 ޖޯޑު ފެން
  • 250 ގ ޕާސްތާ ސްޕެގެޓީ
  • 2 މޭޒުމަތީ ސަމުސާ ފުށް
  • 2 ސަމުސާ ތެޔޮ
  • 500 މލ ކިރު
  • 200ގ އަދި 75ގ ޗެޑާރ ޗީޒް
  • 200ގ އަދި 75ގ މޮޒޮރެއްލާ
  • ލޮނު
  • އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް

  1. ތަވައަކަށް ތެޔޮ، ލޮނު، އަސޭމިރުސް އެޅުމަށްފަހު އޭގެތެރެއަށް ފުށްކޮޅު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ކިރުކޮޅު އަޅާ އެއްކޮށްލުމަށް ފަހު 200 ގ ގެ ޗެޑާއާއި މޮޒޮރެއްލާ އަޅާ އެއްކޮށްލާށެވެ.
  2. ޗީޒް އެއްކޮށް ވިރުމުން އޭގެ ތެރެއަށް ސްޕެގެޓީކޮޅު އަޅާ އެއްކޮށް މަޑުވުމުން އުނދުން މަތިން ބާލާށެވެ.
  3. އެއަށްފަހު އެހެން ތަވާއެއްގައި ބޮލޮގޮނައިޒް ތައްޔާރުކޮށްލުމަށް ތެޔޮ ކޮޅު އަޅައި ހޫނުވުމުން ފިޔާ، ލޮނުމެދު އަޅާ ފިޔާކޮޅު ރަތް ވަންދެން ކައްކާލާށެވެ.
  4. އެއަށްފަހު ބީފްކޮޅު އަޅާއެއްކޮށް ރޯފިލުމުން ލޮނު، ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފެން އަދި ޕީލްޑް ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ.
  5. އެއްކޮށް ކެކިގަތުމުން ބާކީ ހުރި 75 ގ ގެ މޮޒޮރެއްލާ ކޮޅު ތައްޔާރުކުރެވުނު ބޮލޮގޮނައިޒް މައްޗަށް އަޅައި އެއްކޮށް ވިރުމުން ކުރިން ތައްޔާރު ކުރި ޕާސްތާ ކޮޅު އޭގެ މައްޗަށް އަޅާށެވެ.
  6. އެއަށްފަހު ބާ ކީހުރި ޗެޑާ ޗީޒްތައް މައްޗަށް އެޅުމަށް ފަހު 15 މިނެޓް ވަންދެން 220 ސެލްސިއަސްގައި އަވަނުގައި ފިހެލާށެވެ.