މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތު ކުޑަކަމަށް ސައުދީ އަރަބިއްޔާ އިން މިއަދު ބުނެފި އެވެ.

ޝައްވާލު މަހު ހަނދު ފެނޭތޯ ބެލުމަށް ސައުދީ އަރަބިއްޔާގައި އަންނަނީ ތައްޔާރުވަމުންނެވެ. މިގޮތުން އެކި ސަރަހައްދުތަކުގައި ހުރި އޮބްޒަވޭޓަަރީތަކުގައި ދުރުމި ބަހައްޓައިގެން ހަނދުމުގެ ފެނޭތޯ ނުޖޫމީ އިލްމުވެރިން އަންނަނީ ބަލަމުންނެވެ.

ނުޖޫމީ އިލްމުވެރިންނާ ހަވާލާދީ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އަންދާޒާތަކަށް ބަލާއިރު، މި ރަމަޟާން މަހު 30 ރޯދަ ހިފަންޖެހުން ވަރަށް ގާތް ކަމަށެވެ.

ސައުދީން ބުނީ ހަނދާ ބެހޭ ނިންމުން މައްކާ ގަޑިން އިރުއޮއްސި 6:20 ގައި އިއުލާންކުރާނެ ކަމަށެވެ. އަދި އެކަމަށް އިންތިޒާރުކުރުމަށް ވެސް އެދިފައިވެ އެވެ.

ހަނދު ބެލުމަކީ ރަސޫލާގެ ސުންނަތުގެ ތެރެއިން އައިސްފައިވާ ކަމެކެވެ.

ރާއްޖޭގައި ވެސް ހަނދު ބެލުން މިއަދު ހަވީރު އޮންނާނެ އެވެ. އަދި ހަނދާ ބެހޭ ގޮތުން ނިންމާ ގޮތެއް އިއުލާންކުރުމުގެ ކުރިން ހަނދާ ބެހޭ ކޮމިޓީން މަޝްވަރާކުރެ އެވެ.