މި އަހަރުގެ މިހާތަނަށް ޗައިނާއިން 71،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ވަނީ 71136 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުން 10.9 ޕަސެންޓެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 650،404 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ޓޫރިސްޓުންނާ އަޅާބަލާއިރު، 13.6 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައީ 572748 ޓޫރިސްޓުންނެވެ.

އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް:

  • ޗައިނާ – 71،136 ޓޫރިސްޓުން
  • ރަޝިއާ – 65،898 ޓޫރިސްޓުން
  • އިނގިރޭސިވިލާތް – 65،731 ޓޫރިސްޓުން
  • އިޓަލީ – 60،709 ޓޫރިސްޓުން

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 657،0 ޓޫރިސްޓުން އާދެ އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި އެވްރެޖްކޮށް ހަތް ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.

ޓޫރިޒަމަށް މި ވަގުތު ރާއްޖޭގައި 1،180 ފެސިލިޓީއެއް ހިންގާއިރު، މީގެ ތެރޭގައި 175 ރިސޯޓާއި، 843 ގެސްޓްހައުސް އާއި 147 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެ އެވެ.

ސަރުކާރުން މިހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ޓޫރިސްޓުން ގެނެސް ޓޫރިޒަމްގެ އާ ރެކޯޑެއް ހެދުމަށެވެ.