މޭވާއާއި ތަރުކާރީއޭ ބުނުމުން އަހަރުމެންގެ ހިތަށް ސިފަވާ ކެއުމުގެ ބާވަތްތަކެއް ހުރެ އެވެ. މޭވާގެ ގޮތުގައި އާއްމުކޮށް ސިފަކުރެވެނީ އާފަލާއި އޮރެންޖާއި ދޮންކޭލެވެ. ތަރުކާރީއޭ ބުނުމުން ހިތަށް ސިފަވަނީ ކެރެޓް، ކިއުކަމްބާ އަދި ބަށި ފަދަ ބާވަތްތަކެވެ. އެހެން ނަމަވެސް މި ސިފަކުރެވޭ ގޮތަކީ ހުރިހާ ފަހަރަކު ރަނގަޅު ގޮތެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ ތަރުކާރީގެ ގޮތުގައި އާއްމުކޮށް ގަބޫލު ކުރެވިފައިވާ ބައެއް މޭވާގެ ބާވަތްތަކަށެވެ.
ޓޮމާޓޯ
އާއްމުކޮށް ލޮނު ރަހަ ދޭ ކެއުންތަކުގައި ބޭނުންކުރެވޭ ޓޮމާޓޯއަކީ ތަރުކާރީއެއްގެ ގޮތުގައި ގިނަ މީހުން ގަބޫލު ކުރެ އެވެ. އެހެން ނަމަވެސް މިއީ މޭވާ އެެކެވެ. މިއީ ކަރާ އާއިލާގެ މޭވާ އެކެވެ.
ބޮޑު މިރުސް
އެކި ކަހަލަ ބަތްގަނޑު ތައްޔާރުކުރާއިރު ބޭނުން ކުރެވޭ ބޮޑު މިރުސް ނުވަތަ ބެލް ޕެޕާއަކީ ވެސް އަސްލު އޮޅިފައިވާ ބާވަތެކެވެ. ތަރުކާރީއެއްގެ ގޮތުގައި ބެލެވިފައި އޮތް ނަމަވެސް އެއީ ވެސް މޭވާ އެކެވެ.
ބަށި
ދިވެހިންގެ ކެއުމުގައި އާއްމުކޮށް ބޭނުން ކުރެވޭ ބަށްޓަކީ މޭވާގެ "ބެރީ" އާއިލާއަށް ނިސްބަތްވާ ބާވަތެކެވެ. އެހެން ނަމަވެސް އަހަރުމެންގެ ތެރޭގައި ބަށިވެސް ފާހަގަވެފައިވަނީ ތަރުކާރިއެއްގެ ގޮތުގަ އެވެ.
ގްރީން ބީންސް
ތަރުކާރީއޭ ބުނުމުން އާއްމުކޮށް ހިތަށް ސިފަވާ ބާވަތެކެވެ. ތަރުކާރީގެ ނަމުގައި ގިނަ ކެއުންތަކުގައި ބޭނުންވެސް ކުރެވޭ ބާވަތެކެވެ. އެހެން ނަމަވެސް މިއީ ވެސް މޭވާ އެކެވެ.
ބަރަބޯ
ބަރަބޯއަކީ ވެސް ތަރުކާރީއެއްގެ ގޮތުގައި އަހަރުމެންގެ ސިކުނޑިއަށް ގަބޫލުކުރެވިފައިވާ ބާވަތެކެވެ. ފޮނި އަދި ލޮނު ކެއުންތަކުގައި ވެސް ބޭނުން ކުރެވޭ ބަރަބޯ ސައިންޓިފިކް ގޮތުން ހިމެނެނީ މޭވާގެ ކަރާ އާއިލާގަ އެވެ.
ކިއުކަމްބާ
ސެލެޑްތަކުގައި އާއްމުކޮށް ބޭނުންކުރެވޭ ކިއުކަމްބާއަކީ ތަރުކާރީއެއް ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް އެއީ ހަގީގަތުގައި މޭވާ އެކެވެ.