ރައްޔިތުންގެ މަޖިލީހުގައި 20 އަހަރު ފުރިހަމަ ކުރެއްވި، މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. އޭނާ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަސްލަމް އަކީ އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެވެ.

މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޖުމްލަ ހަތް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ގޮނޑި ކާމިޔާބު ކުރެއްވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމް އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އަސްލަމަށް ލިބުނީ 644 ވޯޓެވެ. އަސްލަމާ އެންމެ ގާތުން ވާދަކުރި ސިނާއަށް ލިބުނީ 823 ވޯޓެވެ.

މި ދާއިރާގެ ގޮނޑިއަށް ދެން ވާދަކުރީ އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީގެ އިތުރުން ޝަޒީމާ ރަޝީދެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ 7 ގޮނޑީގައި ވެސް މިހާރު ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. އެކަމަކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އައްޑު އަށް އެއް ގޮނޑި އިތުރު ކޮށްފައިވާއިރު އެމްޑީޕީ އަށް މި ފަހަރު ކާމިޔާބު ކުރެވުނީ އެންމެ ގޮނޑި އެކެވެ.

އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ އެންމެ މެންބަރެވެ. މިދިޔަ ނޮވެންބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިފަ އެވެ.

ނަވާރަ ވަނަ މަޖިލިހުގައި ހަތް ގޮނޑި ވެސް ނެގީ އެމްޑީޕީންނެވެ. އެކަމަކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޮނޑި އެވެ. އައްޑޫގެ ގިނަ ގޮނޑިތައް މިފަހަރު ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ.

މިއީ މި ދާއިރާގެ ގޮނޑި ޕީއެންސީއިން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.