ބޮލީވުޑް ތަރި ރަވީނާ ޓަންޑަން އާއި އަނިލް ތަދާނީގެ ދަރި، ރަޝާ ތަދާނީ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު ރަޝާގެ ލޯބީގެ ވާހަކަތައްވެސް ވަނީ މީޑިއާގައި ފެންމަތިވެފަ އެވެ. އެގޮތުން ރަޝާ އާއި މަލައިކާ އަރޯރާ އާއި އަރްބާޒް ޚާންގެ ދަރި އަރްހާން ޚާން ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
މިކަމާއި ގުޅޭ ގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަވީނާ ބުނީ މިވަގުތު ރަޝާ ކެރިއަރަށް ފޯކަސް ކުރުން މުހިއްމު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ރަވީނާ ވާހަކައެއް ނުދައްކަ އެވެ. އަދި އެވާހަކަތަކެއް ދޮގެއްވެސް ނުކުރެ އެވެ.
"މިވަގުތު ކެރިއަރަށް ފޯކަސް ކުރާށެވެ، ކިޔެވުމަށް ފޯކަސް ކުރާށެވެ." ރަވީނާ ބުންޏެވެ.
ރަޝާގެ އެކްޓިން ޑެބިއު ފެނިގެންދާނީ ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އަންނަން އުޅޭ އެކްޝަން-އެޑްވެންޗާ ފިލްމުންނެވެ.
އެކްޓިންގެ އިތުރުން ރަޝާ އަކީ އެހެން ހުނަރުތަކަށް ވެސް މޮޅު ކުއްޖެކެވެ. އެގޮތުން، އޭނާއަކީ ޓައިކްވަންޑޯ ބެލްޓު ލިބިފައިވާ ހުނަރުވެރި "ވައިލްޑް ލައިފް" ފޮޓޯގްރާފަރެކެވެ.
ރަވީނާ އަކީ 90 ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދައިލި އެއް ބަތަލާ އެވެ. ރަވީނާ މިހާރު އަންނަނީ މަދު ނަމަވެސް ފިލްމުތަކުން ފެންނަމުންނެވެ. އަދި ވެބް ސީރީޒްތަކުގައިވެސް މަސައްކަތް ކުރަމުންނެވެ.
އަލިމަގު އޮޕަރޭޝަނުގަ ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
ޝާހްރުކް ޚާންއާ ބެހޭގޮތުން ވިވެކް ދެއްކި ވާހަކަތަކުގެ އަސްލު!
