ޖިމްގައި ގައިން ނުބައި ވަސް ދުވާނަމަ ކުރެވިދާނެ ފަސް ކަމަކަށް ބަލައިލާނަމެވެ.

1. ޖިމް އަށް ދިޔުމުގެ ކުރިން ގައިދޮވެލުން

އާންމުކޮށް މީހުން ފެންވަރަނީ ޖިމް ނިންމައިފަ އެވެ. އެކަމަކު ދާހިތްލީމަ ފަސޭހައިން ވަސް ދުވާ މީހެއް ނަމަ ޖިމް އަށް ދިޔުމުގެ ކުރިން ގައިދޮވެލާށެވެ. މިހެން ހަދައިފިނަމަ ވަސް ދުވުމުގެ މައްސަލައަށް ފަސޭހަ ހައްލެއް ލިބޭނެ އެވެ.

2. ކެއުމުގެ އާދަތައް ބަދަލުކުރުން

ކެއުމުގެ އާދަތަކުގެ ސަބަބުން ހަށިގަނޑުގެ ވަހަށް ވަރަށް ބޮޑަށް އަސަރު ކޮށްފާނެ އެވެ. ފިޔާ، ލޮނުމެދު، ސްޕައިސީ ކާނާ ގިނައިން ކާ ނަމަ ދާހިތްލީމަ ހަށިގަނޑުން ނުބައި ވަސް ދުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. ޖިމްގައި ހަށިގަނޑުން ނުބައި ވަސް ދުވާނަމަ މި ކަހަލަ ކާނާ މަދުކޮށްލާށެވެ.

3. އެންޓި-ޕާސްޕިރަންޓް ބޭނުންކުރުން

އެންޓި-ޕާސްޕިރަންޓް އަކީ ހަށިގަނޑުން ދުވާ ވަސް ކޮންޓްރޯލް ކުރުމަށް ހުންނަ ޚާއްސަ އެއްޗެކެވެ. އާދައިގެ ބޮޑީ ސްޕްރޭ ނުވަތަ ޑިއޯޑަރަންޓްގެ ބަދަލުގައި ޖިމް އަށް ދިޔުމުގެ ކުރިން އެންޓި-ޕާސްޕިރަންޓެއް ބޭނުންކޮށްލާށެވެ.

4. ރަނގަޅު ސްޕޯޓްސް ވެއާ ބޭނުންކުރުން

ސްޕޯޓްސް ވެއާ އަކީ އޭގެ މެޓީރިއަލްގެ ގޮތުން ދާހިތްލުން ކޮންޓްރޯލް ކޮށްދޭ މުހިއްމު އެއްޗެކެވެ. ޖިމް އަށް ދާއިރު ރަނގަޅު ކޮލެޓީ ސްޕޯސްޓް ވެއާ ބޭނުންކުރާށެވެ.

5. ކުޑަ ތުވާލިކޮޅެއް ބޭނުންކުރުން

ޖިމްއަށް ދާއިރު ތުވާލި ކޮޅެއް ގެންދަން ހަނދާން ކުރާށެވެ. އަދި ގަދަ އަށް ދާހިތްލާ ނަމަ ތުވާލި ކޮޅުން ގައި ފުހެން އާދަކުރާށެވެ.