ކ. ގުރައިދޫ އަށް ބޯކޮށް ވާރޭ ވެހި 50 އަށްވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުންވެއްޖެ އެވެ.
ގުރައިދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ރަށަށް ބޯކޮށް ވާރޭ ވެހެން ފެށީ ރޭގެ އިޝާ ނަމާދު ގަޑީގައި ކަމަށެވެ. ވާރޭ ވެހެން ފެށި ގޮތަށް ހުއްޓާލާފައި ވަނީ ރޭ 9:30 ހާއިރު ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭރުގައި މިއޮތީ މުޅި ރަށުގައި ފެން ބޮޑުވެ ގިނަ ގެތަކަށް ފެން ވަދެފައި، ބޯކޮށް ވާރޭ ވެހުން ހުއްޓާލި ނަމަވެސް ރޭގަނޑު 11 ޖެހުމާ ހަމައަށް އޮތީ ހަމަ ތުނިކޮށް ވެހިލަ ވެހިލާ." އެމީހާ ކިޔައި ދިނެވެ.
ގުރައިދޫ ކައުންސިލުން ބުނީ މިހާތަނަށް ބެލިބެލުމުން 50 އަށްވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށެވެ. ގުރައިދޫގައި ފެންބޮޑުވުމުން ރަށު ކައުންސިލާއި ރައްޔިތުން ނިކުމެ ވަނީ ފެން ހިންދަން ފަށައިފަ އެވެ.
އަދި ފަހުން އެ މަސައްކަތުގައި އެމްއެންޑީއެފް ވެސް ބައިވެރިވި އެވެ.
"ގިނަ ގެތަކަކަށް ފެން ވަދެ، ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ސާމާނު އެއްކޮށްހެން ހަލާކުވި. އޭގެ ތެރޭގައި އިލެކްޓްރިކް ސާމާނާއި ބެޑްރޫމްސެޓް ފަދަ އަގުބޮޑު މުދާ ހިމެނޭ،" ގުރައިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނާ ގޮތުގައި މިއީ އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށެން އުޅޭތީ ކުރާ "ދެ މޫސުން ބެދޭ ވިއްސާރަ" ކަމަށެވެ.
 މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
			މާބަނޑު ދުވަސްވަރު ކެއިންބުއިމުގައި މިކަންކަމަށް ސަމާލުވޭ!
		 "ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
			"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
		 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					