އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އާ ފިލްމު "ޝައިތާން" ނެޓްފްލިކްސްއިން ޕްރިމިއާކޮށްފި އެވެ. މިފިލްމަކީ މިދިޔަ މާޗް މަހު ސިނަމާގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. މިހާރު މިފިލްމު ނެޓްފްލިކްސްއިން ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ފިލްމަކީ ޖުމްލަ 65 ކްރޯޑް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މިހާތަނަށް ބޮކްސް އޮފީހުގައި 211.06 ކްރޯޑް ރުޕީސް (25.3 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

https://www.instagram.com/reel/C6iRuegrD0r/?utm_source=ig_embed&ig_rid=208e3cbe-ba41-4096-9e09-6edefbebc9dc

އަޖޭއާ އެކު އާރު މަދަވަން އަދި ޖިޔޮތިކާ ލީޑު ރޯލު ކުޅޭ "ޝައިތާން"ގައި ދައްކަނީ އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ މީހަކު އާއިލާއެއް ގެއެއްގެ ތެރޭގައި ރަހީނުކޮށް ހިންގާ ރޫހާނީ ކަންތައްތަކެކެވެ. މި ފިލްމަކީ މިދިޔަ އަހަރު ނުކުތް އިންޑިއާގެ ގުޖުރާތުގެ ފިލްމެއް ކަމަށްވާ "ވަޝް"ގެ ހިންދީ ރީމޭކެވެ.

މި ފިލްމުގެ ޑައިރެކްޓަރު "ސުޕަ 30" އާއި "ކުއީން" ކަހަލަ ފިލްމުތައް ޑައިރެކްޓުކުރި ވިކާސް ބާލްއެވެ.

https://www.youtube.com/watch?v=Yxe-mIVIwM4&t=1s

މި ފިލްމަށް ފަހު މިދިޔަ މަހު އަޖޭގެ ކުޅިވަރު ފިލްމު "މައިދާން" ވެސް ރިލީޒްކުރި އެވެ. އެހެން ނަމަވެސް "މައިދާން" މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ.