އޮވަސިޓޯލް އަކީ ކޮންއެއްޗެއް؟
އޮވަސިޓޯލް އަކީ މަޔޯ އާއި ޑީ-ޗިރޯ- އިނޮސިޓޯލް އެއްކޮށްލާ ފެންވަރު ރަނގަޅު، މެޑިކަލް ގްރޭޑް ސަޕްލިމެންޓެކެވެ. ސިންޕަލްކޮށް ބުނާ ނަމަ އިނޯސިޓޯލްގެ ބްރޭންޑް ވައްތަރެކެވެ. މި ސަޕްލިމެންޓް އުފައްދާފައި ވަނީ ތެރަލޮޖިކް ކިޔާ ކުންފުންޏަކުންނެވެ. މިއީ ޕީސީއޯއެެސް މެނޭޖްމެންޓްގެ ބޭނުމަށް އެންމެ ދިރާސާތައް ކުރެވިފައިވާ ސަޕްލިމެންޓް އެވެ. އިނޮސިޓޯލް އަކީ ބީ ވިޓަމިން އާއިލާގެ ސޫޑޯވިޓަމިން އެކެވެ. މޭވާ، ތަރުކާރީ، ބީންސް އަދި ބަކްވީޓް ފަދަ ގިނަ ކާނާގައި އިނޯސިޓޯލް އެކުލެވިގެންވެ އެވެ.
އޮވަސިޓޯލް ނެގުމުގެ ފައިދާތަކަކީ ކޮބާ؟
- ޕީރިއަޑްސް ރެގިއުލޭޓް ކުރުމަށް އެހީތެރިވެދިނުން
- އެންޑްރޯޖެންސް މަދުކޮށްދިނުން
- އޯވިއުލޭޝަން އާއި އެގް ކޮލިޓީ ރަނގަޅުކޮށްދިނުން
- އިންސިއުލިން ރެސިސްޓެންސް ރަނގަޅުކޮށްދިނުން
- ކާބޯހައިޑްރޭޓް ކެއުން މަދުކުރުމަށް އެހީތެރިވެދިނުން
- މޫޑު ރަނގަޅުކޮށް ދިނުން
- ހަކަތަ އިތުރުކުރުން
- ތައިރޮއިޑްގެ މަސައްކަތް ރަނގަޅުކޮށްދިނުން
އިނޯސިޓޯލް ސަޕްލިމެންޓްގެ ތެރެއިން އޮވަސިޓޯލް ރަނގަޅީ ކީއްވެ؟
ހަށިގަނޑުގެ ގުދުރަތީ ރޭޝިއޯ 40 އާއި 1 އާ ދެމެދުގެ މިންވަރެއްގައި އޮވަސިޓޯލްގައި މަޔޯ-އިނޮސިޓޯލް އާއި ޑީ-ޗިރޯ-އިނޯސިޓޯލްގެ އައިޑިއަލް ކޮމްބިނޭޝަނެއް އެކުލެވިގެންވެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޕީސީއޯއެސް ހުންނަ އަންހެނުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ މި ރޭޝިއޯގައި މި ދެ ވައްތަރުގެ ކޮމްބިނޭޝަނެއް ނެގުމެވެ.
އޮވަސިޓޯލް މަސައްކަތް ކުރަނީ ކިހިނެތް؟
މި އައިޑިއަލް ރޭޝިއޯގެ ސަބަބުން މައްސަރުގެ ރެގިއުލަރިޓީ އާއި ހޯމޯން ބެލެންސް އަލުން އިއާދަކޮށް، އިންސިއުލިން ސިގްނަލިންއަށް އެހީތެރިވެދީ، އިންސިއުލިން ރެސިސްޓެންސް ދަށްކޮށްދެ އެވެ. މިކަމުގެ ސަބަބުން އިންސިއުލިން އާއި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްވެ އެވެ.
އިންސިއުލިން މަސައްކަތް ކުރަނީ ކިހިނެތް؟
އިންސިއުލިން އަކީ ޕެންކްރިއަސް އިން އުފައްދާ ހޯމޯންއެކެވެ. މިއީ އަޅުގަނޑުމެންގެ ސެލްތަކަށް ގުލްކޯޒް ނަގައި، ކާ ކާނާއިން ހަކަތަ އުފެއްދުމަށް މަގުފަހިކޮށްދޭ ހޯމޯނެކެވެ. އިންސިއުލިން މަސައްކަތް ކުރުމަށް ޓަކައި، ސެލްތަކުގެ ސަރަޙައްދުގައި ހުންނަ އިންސިއުލިން ރިސެޕްޓަރާ ގުޅެން ޖެހެ އެވެ. ތަޅަކާއި (އިންސިއުލިން ރިސެޕްޓާ) އަދި ތަޅުދަނޑި (އިންސިއުލިން) އަށް ވިސްނާލާށެވެ. އިންސިއުލިން އޭގެ ރިސެޕްޓަރާ ގުޅިއްޖެނަމަ އެ އިންސިއުލިން "އަންލޮކް" ކޮށް ސެކަންޑަރީ މެސެންޖަރުން ދޫކޮށްލަ އެވެ. މިސެކަންޑަރީ މެސެންޖަރުން ސެލްއަށް ބުނަނީ މިއީ ލޭގެ ތެރެއިން ގުލްކޯޒް ނަގަންވީ ވަގުތު ކަމަށެވެ.
އިންސިއުލިން ރެސިސްޓަންޓް ވަނީ ކިހިނެތް؟
ޕީސީއޯއެސް ހުންނަ ގިނަ އަންހެނުންނަކީ އިންސިއުލިން ރެސިސްޓެންޓް އަދި ސެކަންޑަރީ މެސެންޖަރުން (އިނޮސިޓޯލް ފަދަ) ރަނގަޅަށް ދޫނުކުރާ އަންހެނުންނެވެ. ނަތީޖާއެއްގެ ގޮތުން ގުލްކޯޒް ސެލްގެ ތެރެއަށް ހަރުދަނާގޮތެއްގައި ނުވަދެ، ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެ އެވެ. މީގެ ސަބަބުން ޕެންކްރިއަސް އަށް އިންސިއުލިން ގިނައިން ހަދަން ބުނެދެ އެވެ. އިންސިއުލިން ގިނައިން އުފެއްދުމުގެ ސަބަބުން އިންސިއުލިން އާއި ލޭގައި ހަކުރު ހުންނަ މިންވަރު މަތިވެ އެވެ. ޕީސީއޯއެސް ހުންނަ މީހުން ފަލަ ވަނީ މިހެންވެ އެވެ. ރަނގަޅަށް ގުލްކޯޒް ސެލްގެ ތެރެއަށް ނުވަނުމުގެ ސަބަބުން ވަރުބަލިކަން އިސްހާސްވެ އެވެ.
އޮވަސިޓޯލް ބޭނުންކުރަން ޖެހޭނީ ކިހިނެތް؟
ޕީސީއޯއެސް އަށް އޮވަސިޓޯލްގެ ރެކޮމެންޑެޑް ޑޯޒަކީ ދުވާލަކު ދެ ފަހަރު އެއް ޕެކެޓެވެ. އޮވަސިޓޯލް އަކީ ފެނަށް ނުވަތަ އެހެނިހެން ބުއިމަކަށް އަޅައިގެން ބޭނުންކުރެވޭ ފަސޭހަ، ސިންގަލް ސާވިން ޕެކެޓެއްގައި ޕެކްކޮށްފައި ހުންނަ އެއްޗެކެވެ. ފިޒީ ނޫން ކޮންމެ ބުއި މަކަށް މީގެ ޕެކެޓެއް އަޅައިގެން ބޯލާށެވެ. އޮވަސިޓޯލްގައި އެއްވެސް ރަހައެއް ވަހެއް ނުހުންނާނެ އެވެ.
މި ގްލޫޓަން ފްރީ ޕައުޑަރުގައި 2،000 މިލިގްރާމް މަޔޯ-އިނޮސިޓޯލް + 50 މިލިގްރާމް ޑީ-ޗިރޯ-އިނޮސިޓޯލް ހުރެ އެވެ. އޮވަސިޓޯލްގެ އެއް ފޮށީގައި 180 ޕެކެޓް ހިމެނޭއިރު މިއީ 90 ދުވަހަށް ދެމިގެންދާ ގޮތަށް ފަރުމާކޮށްފައިވާ ފޮއްޓެކެވެ. އޮވަސިޓޯލްގެ އަސަރު ރަނގަޅަށް ފެންނާނީ 3 މަސް ވަންދެން މެދު ނުކެނޑި ބޭނުންކުރީމައެވެ. އެންމެ ރަނގަޅު ނަތީޖާ އަށް ހޯދުމަށް ދުވާހަކު ދެ ފަހަރު ބޭނުންކުރާށެވެ.
އޮވަސިޓޯލްގެ ސައިޑް އެފެކްޓް ހުރޭތަ؟
އޮވަސިޓޯލް އަކީ ވަރަށް ރަނގަޅަށް ގިނަ މީހުންނަށް ޓްލަރޭޓް ކުރެވޭ ސަޕްލިމެންޓްއެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 4،000 މިލިގްރާމްގެ ރެކޮމެންޑެޑް ޑޯޒެއް ނަގައިފިނަމަ އިނޮސިޓޯލް އަކީ ރައްކާތެރި އެއްޗެކެވެ. މެޓްފޯމިން ފަދަ އެހެނިހެން ގިނަ ނިއުޓްރިޝަނަލް ސަޕްލިމެންޓްތަކާއި ޕްރިސްކްރިޕްޝަން ބޭސްތަކާ އެކު އޮވަސިޓޯލް ބޭނުން ކުރެވިދާނެ އެވެ. އޮވަސިޓޯލް އަކީ މާބަނޑު ދުވަސްވަރު ވެސް އަދި ގާތުން ކިރުދޭ އިރު ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކޮންމެ ޑައެޓްރީ ސަޕްލިމެންޓެއް ފަދައިން ހުރިހާ ބޭހާއި ވިޓަމިން އަދި ސަޕްލިމެންޓް ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރާ މަޝްވަރާ ކުރުމަކީ މުހިންމު ކަމެކެވެ. މި ސަޕްލިމެންޓަކީ ދިވެހިރާއްޖެއިން ވެސް ލިބޭ ސަޕްލިމެންޓް އެކެވެ.