ބޮލީވުޑް އާއި ހޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ދީޕިކާއަކީ އިންޑިއާގެ އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ބަތަލާ އެވެ.

ދީޕިކާ އާއި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންހާ ކައިވެނިކުރީ ނޮވެމްބަރު 14، 2018 ގަ އެވެ. އެ މީހުން ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރު ފަހުންނެވެ. މިހާރު އެމީހުންގެ އަލަތު ދަރިފުޅަށް އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ދީޕިކާ އަކީ ގިނަ އެވޯޑްތަކެއް ހޯދާފައިވާ ބަތަލާއެކެވެ.

ޓައިމް މެގަޒިން އިން ވަނީ 2018 ވަނަ އަހަރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރެއިން ދީޕިކާގެ ނަން ހިމެނިފަ އެވެ. އަދި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ތަށި ދައްކާލުމުގެ ޝަރަފު ވެސް ދީޕިކާއަށް ވަނީ ލިބިފަ އެވެ.

ދީޕިކާ ބޮލީވުޑަށް ނިކުތީ 2007 ވަނަ އަހަރު ރިލީޒްކުރި އެއަހަރުގެ އެންމެ ކާމިޔާބު ފިލްމް "އޯމް ޝާންތީ އޯމް" އެވެ. އޭގެ ފަހުން ދީޕިކާ ވަނީ ކާމިޔާބު އެތަކެއް ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ދީޕިކާގެ ލަގްޒަރީ ލައިފްސްޓައިލްގެ އެއް ސިފައެއް ފެންނަނީ އޭނާގެ އަގު ބޮޑު ކާރު ކަލެކްޝަނުންނެވެ.

ދީޕިކާގެ ކާރު ކަލެކްޝަން ތެރޭގައި ހިމެނޭ ކާރުތަކަކީ:

  • އޯޑީ ކިއު7 - މިކާރުގެ އަގަކީ 80 ލައްކަ ރުޕީސް
  • މާސެޑީޒް މޭބަކް އެސް 500 – މިކާރުގެ އަގަކީ 2.40 ކްރޯޑް ރުޕީސް
  • ރޭންޖް ރޯވާ އިވޯކް – މިކާރުގެ އަގަކީ 1.40 ކްރޯޑް ރުޕީސް
  • މިނީ ކޫޕާ ކޮންވާޓިބަލް – މިކާރުގެ އަގަކީ 45 ލައްކަ ރުޕީސް
  • މާސެޑީޒް ބެންޒް އެސް ކްލާސް- މިކާރުގެ އަގަކީ 1.60 ކްރޯޑް ރުޕީސް
  • އޯޑީ އޭ8 އެލް- މިކާރުގެ އަގަކީ 1.20 ކްރޯޑް ރުޕީސް
  • އޯޑީ އޭ6- މިކާރުގެ އަގަކީ 55 ލައްކަ ރުޕީސް
  • ބީއެމްޑަބްލިއު އެކްސް5 ސީރީޒް- މިކާރުގެ އަގަކީ 60 ލައްކަ ރުޕީސް
  • ޕޯޝް ކޭޔަން- މިކާރުގެ އަގަކީ 1 ކްރޯޑް ރުޕީސް

ދީޕިކާ ޕަދުކޯންގެ ޖުމްލަ ކާރު ކަލެކްޝަންގެ އަގަކީ 10 ކްރޯޑް ރުޕީސް އެވެ.

ދީޕިކާ އަލަތު ދަރިފުޅަށް ބަލިވެއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިންގަމް އެގެއިން" އިންނެވެ. އެފިލްމުގައި ދީޕިކާ ފެންނާނީ އަންހެން ފޮލިހެއްގެ ރޯލަކުންނެވެ.