މާލެ ސަރަހައްދުގައި ހިންގާ ވިލާ ފިއުލްގެ ސްޓޭޝަންތަކަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.
ވިލާ ފިއުލް ހިންގާ ވިލާ ހަކަތައިގެ އޮފިޝަލަކު ވިދާޅުވީ ކަސްޓަމަރުންނަށް ފަސޭހައިން ވިލާ ފިއުލްގެ ސްޓޭޝަންތަކަށް ފަސޭހައިން ފައިސާ ދެެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ޑެބިޓް ކާޑުން ފައިސާ ދެއްކޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން ވިސާ، މާސްޓާ އަދި އެމެކްސް ޑެބިޓް ކާޑުން ވިލާ ފިއުލްގެ ޝެޑްތަކަށް ފައިސާ ދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލާއި ގޭހުގެ ވިޔަފާރިކުރާ ވިލާ ހަކަތައިން އަންނަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގަ އާއި ހުޅުމާލޭގެ އިންޑަސްޓްރިއަލް އޭރިއާގައި ސްޓޭޝަނެއް ހިންގަމުންނެވެ.
ކ. ތިލަފުށީގައި ހުންނަ ވިލާ ފިއުލް ފާމަކީ ލޮއިޑްސް "އޭ" މިންގަނޑަށް ހެދިފައިވާ، ފިއުލް ރައްކާކުރުމަށް ގްރޭޓާ މާލެ ރީޖަންގައި ތައްޔާރުކޮށްފައިވާ އެންމެ ބޮޑު އެއް ފިއުލް ފާމެވެ. ވިލާ ފިއުލް ފާމުގައި 38،000 މެޓްރިކްޓަނުގެ ޕެޓްރޯލް، ޑީސަލް އަދި ހެވީ އޮއިލް ރައްކާކުރުމުގެ ޖާގަ ހުރެ އެވެ.

ޕެންޓަގަން އާއި އެފްބީއައި ގަނެލަން އެޕްސްޓީނަށް ފުރުސަތު ލިބުނު
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި
މިދިޔަ މަހު ޑިޕާޗާ ޓެކުހާއި އޭޑީއެފް %58.6 އިތުރު