ރ. ފައިނުގައި އުމުރުން ފަސް އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

ފައިނު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެ ފިރިހެން ކުއްޖާ އެ ރަށު އަތިރިމަތީގައި އުޅުނީ އެ އުމުރުފުރައިގެ ދެ ތިން ކުއްޖަކާއެކު ކުޅެން ކަމަށެވެ. އަދި އެއަށްފަހު އެ ކުއްޖާ ގެއްލިގެން ހޯދަމުން ދިޔައިރު މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

"ޑޮކްޓަރު ވަނީ މަރުވިކަން ކަށަވަރުކޮށްދެއްވާފައި،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް ވެސް މިހާރު ވަނީ ފައިނަށް ގޮސްފަ އެވެ.

އެ ހަދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގެ އެވެ.