ބޮލީވުޑްގެ ޒުވާން އެކްޓްރެސް އާލިއާ ބަޓް އޭނާގެ އެންމެ ފުރަތަމަ ފޮތް ލިޔެ ބާޒާރަށް ނެރެފައިވާކަން ރަސްމީކޮށް އޭނާ އިއުލާން ކޮށްފި އެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އާލިއާ އެ ފޮތުގެ ކޮޕީއެއް ހިފައިގެން ހުރިއިރު އެއާއެކު އޭނާ ބުނެފައިވަނީ މިއީ މުޅިން އާ ފެށުމެއް ކަމަށެވެ.
"އެޑް ފައިންޑްސް އަ ހޯމް"ގެ ނަމުގައި ނެރެފައިވާ އެ ފޮތަކީ އާލިއާގެ އަމިއްލަ ބްރޭންޑްގެ ދަށުން ނެރެފައިވާ ކުޑަކުދިންގެ ވާހަކަ ފޮތެެކެވެ.
އާލިއާ އިތުރަށް ބުނެފައިވަނީ އެއީ ފޮތް ސީރީޒްއެއްގެ ފުރަތަމަ ފޮތް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ސީީރީޒްގެ އިތުރު ފޮތްތައް ވެސް ރިލީޒް ކުރާނެ ކަމަށެވެ.
2020 ވަނަ އަހަރު "އެޑް އަ މަމާ" ގެ ނަމުގައި އާލިއާ ފެށި ވިޔަފާރިއަކީ ކުޑަކުދިންގެ ހެދުން ވިއްކާ ބްރޭންޑެކެވެ. އޭނާގެ ފޮތް ވެސް ނެރެފައިވަނީ އެ ބްރޭންޑާ ގުޅުވައިގެންނެވެ.
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
ދުޅަހެޔޮ އަދި އުފާވެރި އާއިލާއަކަށް ދިރިއުޅުމުގެ އާދަތަކެއް!
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!