ހދ. ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކަށް ފަރުވާ ދެނިކޮށް ރޭ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ނޮޅިވަރަމް ބަނދަރުމަތިން ސައިކަލާ އެކުގައި ދުއްވާފައި ދިޔަ މީހަކު މޫދަށް ވެއްޓިގެން ރޭ 9:15 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނޮޅިވަރަމް ހެލްތު ސެންޓަރުގައި އެމީހާ އަށް ފަރުވާދެނިކޮށް މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ނިޔާވީ އެ ރަށުގައި ދިރިއުޅެމުން އަންނަ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.

އޭނާ މަރުވީ މޫދަށް ވެއްޓި ފިޓު ޖެހިގެންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.