އަނިޔާއެއް ލިބިފައިވާ ބުޅަލެއް ހިފައި ހަވާލުކޮށްދޭ މީހަކަށް 300 ޑޮލަރު ދިނުމަށް ހުށަހަޅައިފި އެވެ.

މިބުޅާ ދިރިއުޅެނީ މާފަންނު ބިސްބުރު ކައިރީގައި އެވެ.

ބުޅަލުގެ ފޮޓޯ އާއެކު ފޭސްބުކުގައި ހިންގާ "މޯލްޑިވިއަން ކެޓަހޮލިކް" ޕޭޖުގައި ބޭރު މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަނިޔާ ލިބިފައިވާ ބަލި ބުޅަލަކަށް ފަރުވާ ދިނުމަށް މީހަކު ބޭނުންވާ ކަމަށާއި އެހެން ކަމުން އެ ބުޅާ ހޯދައިދޭ ފަރާތަކަށް 300 ޑޮލަރު ދިނުމަށް ވެސް އެމީހާ ހުށަހަޅާފައިވާ ކަމަށެވެ.

އިއްޔެ ވެސް އެ ބުޅާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އެޕޯސްޓްގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެއްވެސް މީހަކަށް އެ ބުޅާލާއި ކައިރިވެސް ނުވެވޭ ކަމަށް ވަނީ ބުނެފަ އެވެ.

އޭނާ އާންމު ކުރި ފޮޓޯއިން ފެންނަ ގޮތުގައި ބުޅަކަށް އެކިވަރުގެ އަނިތަކެއް ވަނީ ވެފަ އެވެ. އަދި ބުޅަލަށް ވީ އެންމެ އަވަހަކަށް ފަރުވާ ދޭން ޖެހޭ ކަން އެޕޯސްޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.