ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން ޕޮރޮޑިއުސްކޮށް ލީޑް ރޯލުން ފެނިގެންދާ ކްރައިމް ތްރިލާ ފިލްމު "ދަ ބަކިންހަމް މާޑާސް" ސެޕްޓެމްބަރު މަހު ރިލީޒްކުރުމަށް ނިންމައިފި އެވެ.

މިފިލްމަކީ ހަންސަލް މެހެތާ ޑައިރެކްޓުކޮށް އެކްތާ ކަޕޫރާއި ކަރީނާ ކަޕޫރު ޚާން އާއި ޝޯބާ ކަޕޫރު ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.

"ދަ ބަކިންހަމް މާޑާސް" ރިލީޒް ކުރާނެ ތާރީހާއެކު ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މި ފިލްމު ސިނަމާގައި ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

ކަރީނާގެ އިތުރުން މިފިލްމުގެ ކާސްޓުންގެ ތެރޭގައި އޭޝް ޓަންޑަން، ރަންވީރު ބްރާރް އަދި ކީތު އެލެން ހިމެނެ އެވެ.

https://www.instagram.com/p/C83_lldAlLl/?utm_source=ig_embed&ig_rid=f06946da-8213-4d3c-bc2a-55dbfc9a86ba&img_index=1

"ދަ ބަކިންހަމް މާޑާސް"ގެ ވޯލްޑް ޕްރިމިއާ ބާއްވާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި 67 ވަނަ ބީއެފްއައި ލަންޑަން ފިލްމް ފެސްޓިވަލްގަ އެވެ. މިއީ 2023 ވަނަ އަހަރުގެ މިއާމީ ފިލްމް ފެސްޓިވަލްގައި ޕްރިމިއާ ކުރި ފުރަތަމަ ފިލްމެވެ.

މިއާމީ ފިލްމް ފެސްޓިވަލްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުން ވެސް ފިލްމު ޕްރިމިއާ ކުރި ފޮޓޯތައް ހިއްސާ ކޮށްފައިވެ އެވެ.

ކަރީނާ ދެން ފެނިގެންދާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ ރޯހިތު ޝެޓީގެ "ކޮޕް ޔުނިވާސް ސިންގަމް އަގެއިން" އިންނެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ތާބޫ އާއި ކްރިތީ ސެނަންއާއެކު "ކްރޫ" އިނެވެ.