ކިޔާނެ އާ ފޮތެއް ހޯދަން ބުކްޝޮޕްގެ ޝެލްފްތައް ބަލާލުުމުގެ ކުރިން އެންމެ ފުރަތަމަ ޓިކްޓޮކް ބަލާލުން ކިހިނެތް ހެއްޔެވެ؟.

ބުކްޓޮކް ("ބުކް ޓިކްޓޮކް" އަށް ކުރުކޮށް) ގެ ނަމުން ނަން ދީފައިވާ މި ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ސަބް ކޮމިއުނިޓީ އަމިއްލައަށް ސިފަކުރަނީ "ދުނިޔޭގެ އެންމެ ބޮޑު ބުކް ކްލަބް" ގެ ގޮތުގަ އެވެ.

މި ގެނެސްދެނީ ބުކްޓޮކްގެ ސަބަބުން މަޝްހޫރުވެފައިވާ ފޮތްތަކުގެ ތެރެއިން ބައެއް ފޮތްތަކެވެ. މިއިން ކޮންމެ ފޮތަކީ ވެސް ފަސޭހައިން ހަނދާން ނައްތާލެވޭނެ ފޮތެއް ނޫނެވެ.

1. އެކޮޓޯ ސީރީސް

ލިޔުންތެރިޔާ ސާރާ ޖޭ މާސް ލިޔެފައިވާ މި 5 ފޮތުގެ ސީރީސް އަކީ ފެންޓަސީ ވޯލްޑް ބިލްޑިންގް ސިީރީސްއެކެވެ. ޖާދޫގެ ތެރޭގައިކުރެވޭ ހަނގުރާމައާއި ލޯބީގެ ވާހަކަތަކުން ފުރިފައިވާ މި ފޮތްތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ވަރަށް ކަމު ދިޔަ ސީރީސްއެކެވެ. މި ސީރީސްގެ 6 ވަނަ ފޮތް ނުކުންނާނެ ކަމަށް ލިޔުންތެރިޔާ ވަނީ ބުނެފަަ އެވެ.

އެކޮޓާ ސީރީސް

2. ތްރޯން އޮފް ގްލާސް ސީރީސް

މިއީ ވެސް ބުކްޓޮކްގައި ވަރަށް މަޝްހޫރުވި ސީރީސްއެކެވެ. 8 ފޮތް އެކުލެވޭ މި ސީރީސްއަކީ ވެސް ސާރާ ޖޭ މާސްގެ ފެންޓަސީ ސީރީސްއެކެވެ.

ތްރޯން އޮފް ގްލާސް

3. އިޓް އެންޑްސް ވިސް އަސް

ގެވެށިއަނިޔާއާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތް ވަނީ ބުކް ޓޮކްގައި މާ ބޮޑަށް މަޝްހޫރުވުމުގެ ސަބަބުން ފިލްމެއް ވެސް ހަދާފަ އެވެ. އަދި މި ފޮތުގެ ލިޔުންތެރިޔާ ކޮލީން ހޫވާ ވަނީ މި ފޮތުގެ ދެވަނަ ފޮތް "އިޓް ސްޓާޓްސް ވިތް އަސް" ވެސް ރިލީސްކޮށްފަ އެވެ.

އިޓް އެންޑްސް ވިތް އަސް

4. ވެރިޓީ

ކޮލީން ހޫވާގެ މި ސައިކޮލޮޖިކަލް ތްރިލާއަކީ ވަރަށް ތަފާތު ފޮތެކެވެ. ބުކްޓޮކް ކޮމިއުނިޓީ އިން ބުނާ ގޮތުގައި މި ފޮތް ކިޔަން ފެށުމަށްފަހު ހުއްޓާލާކަށް ބޭނުމެއް ނުވާނެ އެވެ.

ވެރިޓީ

5. ފޯތް ވިންގް ސީރީސް

މިއީ ރެބެކާ ޔާރޮސް ލިޔެފައިވާ ފެންޓަސީ ސީރީސްއެކެވެ. ގޭމް އޮފް ތްރޯންސް ކަމުދިޔަ މީހުންނަށް ހަމަގައިމު ވެސް މި ފޮތް ކަމުދާނެ އެވެ. މި ސީރީސްގެ ދެވަނަ ފޮތް އަޔަން ފްލޭމް ވެސް ވަނީ ނުކުމެފަ އެވެ.

ފޯތް ވިންގް

6. ސައިލެންޓް ޕޭޝަންޓް

ނަފްސާނީ މައްސަލަތަކާ ގުޅޭ މި ސައިކޮލޮޖިކަލް ތްރިލާ އަކީ ވެސް ފިލްމަށް ވެގެންދާނެ ފޮތެކެވެ. ސައިލެންޓް ޕޭޝަންޓްއާ ގުޅޭ ޓިކްޓޮކްގެ އަދަދު 8.9 މިލިއަނަށް އަރަ އެވެ.

ސައިލެންޓް ޕޭޝަންޓް