ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ދިވެހި ފިލްމު "ކަމަނާ"ގެ ފުރަތަމަ ޓްރެއިލާ އިއްޔެ މެންދުރު ރިލީޒް ކޮށްފި އެވެ.

މަހްދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ މަރިޔަމް އައްޒަ، ޔޫސުފް ޝަފީއު އަދި އާމިނަތު ރަޝްފާ (އާޝާ) އެވެ.

މާބަނޑު އަންހެނަކަށް ކުރިމަތިވާ ގެވެށި އަނިޔާތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން އަސަރުގަދަ އަދި ހިތާމަވެރި އެތައް މަންޒަރުތަކެއް ފެނިގެންދެ އެވެ.

https://www.facebook.com/share/v/1SeHwzdkeAss2MpP/?mibextid=oFDknk

އެގޮތުން އައްޒަ ބަނޑުބޮޑު މީހެއްގެ ގޮތުގައި ފެންނަ އިރު, ފެންނަ ފެނުމަށް ފިލްމުގައި އޭނާގެ ހަޔާތަކީ ހިތާމައާއި ހިތްދަތިކަމުން ފުރިގެންވާ ހަޔާތެކެވެ.

އައްޒަގެ އިތުރުން ޔޫއްޕެގެ މުހިއްމު ރޯލެއް ވެސް ފިލްމުގައި ހިމެނޭއިރު ބަލާ ބެލުމަށް އޭނާގެ ކެރެކްޓަރަކީ ނެގެޓިވް ނުވަތަ "ގްރޭ" ކެރެކްޓަރެކެވެ.

އަންނަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމުގެ ޓިކެޓު މިހާރު ވެސް ދަނީ ވިއްކަމުންނެވެ.