ދިވެހި ފަންނާނުންގެ ތަފާތު ގިނަ ހުށަހެޅުންތަކަކާ އެކު ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ޝޯ "ތަރިންގެ ރޭ" މިރޭ އޮލިމްޕަހުގައި އޮންނާނެ އެވެ.

ފަންނާނުންގެ އިސްނެގުމުގެ މަތިން ބާއްވާ މި ޝޯއަކީ މިދިޔަ އީދު ތެރޭގައި ރަށްރަށުގައި އެ ފަންނާނުން ހުށައަޅައިދިން ހުށައެޅުންތައް މާލޭ ސިޓީ ސަރަހައްދުގައި އުޅޭ އާއްމުންނަށް ގެނެސްދިނުމުގެ ގޮތުން ރާވާފައިވާ ޝޯ އެކެވެ.

ރެޑް ކާޕެޓް ހަފްލާއަކާ އެކު ފަށަން ހަމަޖެހިފައިވާ ތަރިންގެ ރޭ ޝޯގައި ދިވެހި ފަންނާނުންގެ ތަފާތު، ކުލަގަދަ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ.

މީގެ ކުރިން "ތަރިންގެ ރޭ"ގެ ދެ ޝޯ ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް އެ ދުވަސްތަކަށް އޮލިމްޕަސް ނުލިބުމުން މިހާރު އޮންނާނީ އެންމެ ޝޯއެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ޝޯގެ ޓިކެޓުތައް 200 ރުފިޔާ އާއި 300 ރުފިޔާގެ އަގަކަށް އުޅޭއިރު ޓިކެޓު ގަތުމަށާއި މައުލޫމާތު ހޯދުމަށް 7782484 / 7734533 އާ ގުޅުމަށް ޝޯ އިންތިޒާމުކުރާ ފަރާތުން އެދެ އެވެ.