ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބޭނުންކުރައްވަމުން ގެންދެވި ރަސްމީ އީމެއިލްގައިވަ ހުރިހާ މެއިލްތައް ޑިލީޓް ކުރި މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު އެ މައްސަލަ ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އީމެއިލަށް މިއަދުގެ ވަގުތެއްގައި މީހަކު ވަންނަން މަސައްކަތް ކުރިކަމުގެ ނޮޓިފިކޭޝަނެއް އޭނާގެ ފޯނަށް ވަނީ ލިބިފަ އެވެ. އެކަން އޭނާ ވަނީ ފޭސްބުކުގައި ހިއްސާ ކުރައްވާފަ އެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މެއިލް ޑީއެކްޓިވޭޓްކޮށްފައިވާ ކަމަށެވެ. އަދި އެ އީމެއިލަށް ވަންނަން މަސައްކަތް ކުރަނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން ބަލަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ގުޅޭ މައްސަލައެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެ އެކައުންޓްގައިވާ މެއިލްތައް 2023 ވަނަ އަހަރު ޑިލީޓްކުރިކަން އެނގުނީ ކިހިނެތްތޯ ނޫސްވެރިން ވަނީ ފުލުހުންނާ ސުވާލު ކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް ޖަވާބުދީފައެއްނުވެ އެވެ.
 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					