އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 18،534 މީހަކަށް 292.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޮވިޑާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ދޭ އެލަވަންސެކެވެ. މިއީ ވޯލްޑް ބޭންކުން ދިން އެހީގެ ތެރެއިން ދޭ އެލަވަންސެކެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 292.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައެޅުމުގެ އެންމެ ފަހު މަހަކީ މިދިޔަ ޑިސެމްބަރު މަހެވެ. މިހާރު އެލަވަންސް ދޫކުރަމުންދަނީ ޑިސެމްބަރު މަހު އެލަވަންސްއަށް އެދިފައިވާ ފަރާތްތަކަށް ކަމަށް ފިނޭންސް އިން ބުންޏެވެ.
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
"ތިން މީހުން ހޯދަން ހުވަދޫ ކަނޑު ބަލާ މާދަމާ ނިންމާލެވޭނެ"
އާމިރުއާއެކު އަލުން ފިލްމެއް ކުޅެން ބޭނުން ކަމަށް ޕްރިތީ ބުނެފި
ތިޔަދިން ފައިސާއެއްވިއްޔާ ދީފައިވަނީ އެމްޑީޕީގެ ބައިގަނޑު މީހުންނަށް ތިޔަބުނާ ފައިސާއެއް ލިބުނުމީހަކު މަގުމަތިންވެސް އަދިފިހާރައަކުންވެސް އަދިވިޔަފާރި ވެރިއަކުވެސް ދިމާނުވޭ ވަރަށްސާފް އިނގޭތޯ