ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ކޮރެއާގެ ސީރީޒްއެއް ކަމަށްވާ ސްކުއިޑް ގޭމް ސީޒަން 2ގެ ފުރަތަމަ ޓީޒާ އާއްމުކޮށް ދައްކާލައިފި އެވެ.

ނެޓްފްލިކްސްއިން އެ ސީޒަންގެ ޓީޒާ އާއްމުކޮށްފައިވާއިރު އެ ޓީޒާގައި ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނަ އެތައް ކަމެއް ފެނިގެންދެ އެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ނުރައްކާތެރި ގޭމުތަކާއި ހަރަކާތްތައް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

ދެވަނަ ސީޒަންގައި ވެސް ފުރަތަމަ ސީޒަނުން ފެނިގެންދިޔަ ބެލުންތެރިންނާ ރައްޓެހި ގިނަ މޫނުތަކެއް ފެންނާނެ ކަމަށާއި އޭގެ އިތުރުން އާ ކެރެކްޓަރުތަކެއް ވެސް ތައާރަފްވާނެ ކަމަށް ސީރީޒްގެ ޑައިރެކްޓަރު ބުންޏެވެ.

https://www.instagram.com/reel/C-jZ0Q6THQw/?utm_source=ig_embed&ig_rid=51883462-9ac7-4eeb-86da-75c43415770a

ސީޒަން 2އާއެކު ފިލްމުގެ ޑައިރެކްޓަރު ވަނީ 2025 ގައި އެ ސީރީޒްގެ ތިންވަނަ ސީޒަންއެއް ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ބެލުންތެރިންނަށް ދީފަ އެވެ.

މީގެ ތިން އަހަރު ކުރިން، 2021 ވަނަ އަހަރު ނުކުތް ސްކްއިޑް ގޭމް 1 ވެފައިވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ޗާޓުތަކުގެ އެއްވަނައިގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރި ސީރީޒް އަކަށެވެ.

ޝައުގުވެރި އެތައް ކަމަކާއެކު ސްކުއިޑް ގޭމް ސީޒަން 2 ބެލުންތެރިންނާ ހަމައަށް އަންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.