ވިއްސާރަވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުމުން އެމްއާރުމްއެމްގެ ރައީސް ފާރިސް މައުމޫން ސަރުކާރުގެ ސިޔާސަތަށްް ފާޑުވިދާޅުވެއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކޮށް މިދިޔަ ހަފްތާގައި ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަދި ފުލުހުން ވެސް ވަނީ ރައްޔިތުން ރައްކާތެރިކޮށް ހޭލުންތެރި ކުރުމަށް ޕޯސްޓްތައް ޝެއާކޮށްފަ އެވެ. ނަމަވެސް ވިއްސާރަވުމުން، އިދާރާތަކުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަކޮށް އާއްމުންދަނީ ފާޑުކިޔަމުންނެވެެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވަނީ އެތައް ދުވަހެއް ކުރިން ވިއްސާރަ ވާނެކަމުގެ އިންޒާރުތައް ލިބުނުއިރު ރައްކާތެރިވުމަށް ފިޔަވަޅުތައް ނޭޅުނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.
އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުން ކާނުގަނޑުތައް ސާފުކުރުމާއި ޕަންޕްތައް ތައްޔާރުކޮށް ވެލިބަސްތާ ޖަހައި ތައްޔާރުވެވޭނެ ކަން ފާރިސް ފާހަގަ ކުރައްވާފަ އެވެ.
މިފަދަ ހާލަތްތަކަށް ޕްލޭންތައް ހަދައި ތައްޔާރުވުމަކީ ހަަމަ އެހާ އުނދަގޫ ކަމެއްތޯ ފާރިސް ވަނީ ސުވާލުކުރައްވާފަ އެވެ. ފާރިސް މިހެން ވިދާޅުވެފައި ވަނީ މިފަދަ ކަންބޮޑުވުންތަކެއް އެކްސްގައި ހިއްސާކުރި މީހެއްގެ ޕޯސްޓު ކުވޯޓް ކުރައްވަމުންނެވެ.
ކަންބޮޑުވުން ހިއްސާކުރި ފަރާތުން ބުނެފައިވަނީ ކަންވެ ނިމުމުން ގެއްލުމެއް ވީތޯ ބަލަން ފައިކުރި އޮޅާލައިގެން ގޭގެއަށް ދިޔުމާއި އަނެއްކާވެސް އިތުރު ކާރިސާއެއް ކުރިމަތިވަންދެން އަސްލު މައްސަލަ ހަނދާންނައްތާލާ، ކޮންމެ ފަހަރަކު މިކަން ތަކުރާރު ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ތައްޔާރުވެ ތިބުމުން ބައެއް ފަރާތްތަކުން ދެއްކުމަށް ބޭނުންވާ މޮޅު ފޮޓޯ ނުލިބޭނެތީ ކަމަށެވެ.
ފާއިތުވި ދެ ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި ކަމާ ގުޅުންހުރި އިދާރާތަކުން އަވަދިނެތި ފެންހިންދުމާއި މަސައްކަތް ތަކުގައި އުޅެފައިވެ އެވެ. މިއާއެކު ގިނަ އިދާރާތަކަކުން ކަންތައްތަކެއް ކުރާކަން ހާމަކޮށް ވެރިންނާއި މަޖިލިސް މެންބަރުން މަގުތަކަށް ނުކުމެ އުޅުއްވާ ފޮޓޯތައް ދަނީ މީސްމީޑިއާ ފުރާލަމުންނެވެ. ކުރިން ގިނަ ފަހަރު ފެންނަނީ ސިޔާސީ ފަރާތްތަކުން މިފަދަ ގޮތްގޮތަށް އުޅޭ މަންޒަރެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ޔުނިފޯމްގައި ތެމި ފޯވެގެން ވެހިކަލްއަކަށް އަރައިގެން އުޅޭ ވީޑިއޯއެއް ހިއްސާކޮށްފައިވެ އެވެ. ބޯ ވިއްސާރައިގައި ފުލުހުން ލާނެ ވިއްސާރަ ކޯޓެއް ނުލިބުނީތޯ ބައެއް މީހުންވަނީ ސުވާލުކޮށްފަ އެވެ.
މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގަދަ ވިއްސާރާގައި އާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަމަށެވެ. އެގޮތުން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ހައްލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ތާކުންތާކުނުޖެހޭ ވާހަކަ ނުދައްކާ ފާރިސްވެސް ކީއްވެގެންތައް ރައްކާތެރި ފިޔަވަޅު އަޅައިގގެންތިބެން ސަރުކާރައް ގޮވާނުކީ ކަމެއްވީމަދޯ ބަހަނާތިދައްކަނީ