ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ އަސަރުގަދަ ދިވެހި ފިލްމު "ކަމަނާ" ގިނަ ރަށްތަކެއްގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމު އޮލިމްޕަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ

މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ކަމަނާ"ގެ ޝޯގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު ގިނަ ޝޯތަކެއް ޓިކެޓް ވަނީ ވިކި ހުސްވެފަ އެވެ.

ދިވެހި ފިލްމު "ކަމަނާ"ގެ މަންޒަރެއް ނަގަނީ...

ސެޓާން ސްޓޫޑިއޯ ބުނީ ފިލްމު "ކަމަނާ" ގިނަ ރަށްތަކެއް އެޅުވުމަށް އެދެމުން އަންނަ ކަމަށެވެ. އެސްޓޫޑިއޯއިން ވަނީ މިހާރު ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ބައެއް ރަށްތައްވެސް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ފ. ނިލަންދޫ، ކުޅުދުއްފުށި، ޅ. ހިންނަވަރު، ބ. ކަމަދޫ، ރ. މާކުރަތު، ރ. ދުވާފަރު، ގއ. ވިލިނގިލި، އއ. ދަނގެތި، ގއ. ގެނަމަފުށި، ގއ. ކަނޑުހުޅުދޫ، ރ. ރަސްމާދޫ، ބ. ތުޅާދޫ، ނ. މަނަދޫ، ކ. ހުރާ، ރ. އުނގޫފާރު، ތ. ތިމަރަފުށި، މ. މުލައް، ބ. އޭދަފުށި، ތ. ކިނބިދޫ އަދި ތ. ވޭމަންޑޫ ހިމެނެ އެވެ.

https://www.instagram.com/p/C-5kAqwSKDr/

ފިލްމު އަޅުވަން ބޭނުންވާ ރަށްރަށުން، މި އުފައްދާފައިވާ ސެޓާން ސްޓޫޑިއޯއާ ގުޅިގެން ފިލްމު ރަށްރަށުގައި އެޅުވުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ (އައްޒަ)، ޔޫސުފް ޝަފިއު (ޔޫއްޕެ)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު އަދި އަހްމަދު ނިމާލު އަދި މުހައްމަދު ރަޝީދު (ދަރާ) ވެސް ހިމެނެ އެވެ.