ރޭ މާލޭގައި ރަހީނުކުރި އަންހެން މީހާ ސަލާމަތްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ހިންގަން އަންގާފައިނުވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމާތްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ތަހުގީގެއް ހިންގާ ކަމަށް ބުނެ ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ރިޕޯޓުކުރުމާ ގުޅިގެން ކުރެއްވި އެކެސް ޕޯސްޓެއްގަ އެވެ.
އިހުސާން ވިދާޅުވީ އަންހެނަކު ރަހީނުކުރި ހާދިސާގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގާކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ތަހުގީގެއް ހިންގަން އަންގާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްވީ ފުލުހުން ކުރި ހިތްވަރުގަދަ މަސައްކަތުންކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ފުލުހުންގެ މަސައްކަތަށް ސާބަސް ދަންނަވާފަ އެވެ.
މީހުން ރަހީނު ކޮށް އެހެން މީހުންގެ ލައިފަށް ނުރައްކާ ކުރީމަ މަގޭ ޙުކުމަކީ އެ މީހަކު މުޖުތަމައުން ޑިލީޓް ކޮށްލަންވީ. ބާރުގެ ބޭނުން ކުރިލެއް ކުޑައީ. އެފަދަ ކުށަކަށް އަރައި ނުގަންނާނެ ވަރުގެ އަހުވައެއް ދޭންވީއެވެ.