މާލޭގައި ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުކޮށްގެން ގެންދަން އުޅުނު އަތުހަރު ބޭސްފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންްގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު ވިދާޅުވީ އަތުހަރު މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާފައި ވާކަަމަށާއި މިހާރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި ކަމަށެވެ.
ބައެއް މީޑިއާތަކުން ރޭ ވަނީ އަތުހަރުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށާފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ފަހުން ފުލުހުން ބުނީ އޭނާއަށް ފަރުވާ ދީފައި ވަނީ އޮބްޒަވޭޝަންގައި ކަމަށެވެ.
ކަރުގައި ވަޅިޖައްސާ ބިރުދައްކައިގެން އަތުހަރު ރަހީނުކޮށްގެން އުޅުނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފުލުސް އަންހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
އެމެރިކާގެ މަނަވަރުތަކަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
މައިކަލް ޖެކްސަންގެ ލަވަތައް ބިލްބޯޑް ޗާޓަށް އަރާތާ 60 އަހަރު!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!