ދުބާއީން އިޒްރޭލުގެ އިސްރާއީލްގެ ވެރިރަށް ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީގައި ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެ މީހުންނާ ސުވާލުކުރަން ފަށައިފި އެވެ.
ޔޫއޭއީން އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލުމުން އެ މީހުން އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއެކު ފުލުހުން ވަނީ އެއާޕޯޓަށް ގޮސް އެ މީހުންނާ ސުވާލުކުރަން ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް އެ ދެ ޕައިލެޓުންނާމެދު ފިޔަވަޅެއް އެޅުމާމެދު ނުވަތަ ހައްޔަރުކުރުމާމެދު ފުލުހުން ގޮތެއް ނުނިންމަ އެވެ.
އެ ދެ ދިވެހިން ރާއްޖެ ގެނެސްފައި ވަނީ ޔޫއޭއީގައި ހައްޔަރުކޮށް، ގާނޫނީ އެހީތެރިކަމާއި އާއިލާއާ ގުޅުމުގެ ފުރުސަތު ނުދީ 12 ދުވަސް ވަންދެން ބަންދުގައި ބައިތިއްބުމަށް ފަހުގަ އެވެ. ޔޫއޭއީގައި ބަންދުގައި ތިބިއިރު އެ މީހުންނަށް އާއިލާއާ ވާހަކަ ދެއްކުމުގެ ފުރުސަތާއި ވަކީލަކާ ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.
ޔޫއޭއީގައި ހައްޔަރުކުރި ދެ ދިވެހިންނަކީ ފްލައިދުބާއީގައި މަސައްކަތްކުރާ 6 ދިވެހި ޕައިލެޓުންގެ ތެރެއިން އެންމެފަހުން އެ ކުންފުންޏާ ގުޅުނު ދެ މީހުންނެވެ. އެ ދެ މީހުން ހައްޔަރުކުރިކަން ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން އާއިލާއަށް އަންގާފައި ވަނީ 8 އޮކްޓޫބަރުގަ އެވެ.
އިޒްރޭލުގެ 182 މީހުންނާއެކު ދަތުރުކުރި އެފްޒެޑް 1073 ފްލައިޓު ވައްޓައިލަން މަސައްކަތްކުރީ އެ ބޯޓުގެ ކޯ-ޕައިލެޓެވެ. އޭނާ ވަނީ ކޮކްޕިޓްގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑި ބޭނުންކޮށްގެން ބޯޓުގެ ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓައިލަން މަސައްކަތްކޮށްފަ އެވެ.
އެ ހަމަލާގެ ސަބަބުން ބޯޓު ކޮންޓްރޯލުން ނެއްޓި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 17,000 ފޫޓު (5,180 މީޓަރު) ތިރިއަށް ވެއްޓުނެވެ. ނަމަވެސް ބޯޓު ވެއްޓެން ދަނިކޮށް، އިންޑިއާގެ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން ފަސިންޖަރުންނާއި އެހެން މީހުން ވަދެ ހަމަލާދިން މީހާ ވަނީ ހިފަހައްޓައިފަ އެވެ. އެ ބޯޓުގެ ކޮންޓްރޯލް އަލުން ހޯދައި ރައްކާތެރިކަމާއެކު ޖެއްސީ ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުންނެވެ.
މިސްކިތް އެޅުން ހުއްޓާލައި ލަގްޒަރީ ފްލެޓް އަޅައި ނިންމާލައިފި
ފްލެޓް ހުސްކުރަން އެފްޑީސީން އެންގުމުން ކުލި ދައްކަން ފަށައިފި
ޕީއެންސީ މެންބަރުންނަށް ފައިސާ ދިނުމަކީ ކޮރަޕްޝަނެއް ނޫން: އޭސީސީ
