ޝަރުތެއްގެ މަތިން މާސްއަށް ދާން ބޭނުން މީހަކަށް އެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް ސްޕޭސް އެކްސްގެ ވެރިޔާ މަހުޖަނު އިލަން މަސްކް ބުނެފި އެވެ.
އެކްސް މެދުވެރިކޮށް އިލަން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިއަށް އޮތް އަހަރު ތަކަކީ ޖައްވީ ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވޭ އަހަރުތަކެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް ހުރަހެއް އެބައޮތް ކަމަށެވެ.
އެގޮތުން އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިބަޕްލިކް ޕާޓީގެ ކެނޑިޑޭޓް ކަމަލާ ހެރިސް ކުރި ހޯދައިފިނަމަ ދުނިޔޭގެ ސްޕޭސް ޕްރޮގްރާމް ހުއްޓުމަކަށް އަންނާނެ ކަމަށް އިލަން ބުންޏެވެ.
އިލަންގެ އެ ޕޯސްޓުގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފަސް އުޅަނދެއް މާސްއަށް ފޮނުވާނެ ކަމަށް ބުނެފައިވާއިރު އެ ދަތުރުތަކަކީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭނެ ދަތުރެއް ކަމަށް ވެސް އިލަން ބުނެފައިވެ އެވެ
"އެހެން ނަމަވެސް ކަމަލާ މޮޅުވެއްޖެނަމަ އަހަރުމެންނަށް ދުވަހަކުވެސް މާސް އަކަށް ނުދެވޭނެ" އިލަން ބުންޏެވެ.
ޑިމޮކްރެޓިކް ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕްއަށް ފާޅުގައި ތާއީދު ކުރަމުން އަންނަ އިލަންގެ މި ބުނުމަކީ ޓްރަމްޕްއަށް އިތުރު ތާއީދު ހޯދަން ބުނި ބުނުމެއް ކަމަށް ބެލެވެ އެވެ.
ޓްރަމްޕް ވެސް އޭނާގެ ކެމްޕެއިންގައި އިލަންގެ ނަން ވަރަށް ގިނައިން ބޭނުން ކުރާއިރު އެއީ ފައިސާގެ ބާރު އޮތްކަން ދައްކަން ބޭނުންކުރާ އުކުޅެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އޮފީސް ވަޒީފާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާކަން އެނގޭތަ؟
އެމެރިކާ އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ރަހުމަތްތެރިއެއް: ރައީސް
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!