ވެރިއެއްގެ ކިބައިގައި ހުންނަޖެހޭ އެއްވެސް ސިފައެއް ރައީސް މުހައްމަދު މުއިއްޒުގެ ކިބައިގައި ނެތްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އޮންލައިން ނޫސް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ރައީސް މުއިއްޒު އިންޑިއާގެ ރައީސްގެ ދައުވަތަކަށް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައީސް އިއްޔެ އިންޑިއާއެކު ސޮއި ކުރެއްވި އެއްބަސްވުންތަކާއި ކުރެއްވި މަޝްވަރާތަކަކީ ކެމްޕޭނު ތެރޭގައި ދެއްކެވި ވާހަކައާ މުޅިން ހިލާފަށް ކުރެއްވި ކަންކަން ކަމަށާއި މި ނެންގެވި "ޔޫ ޓާން" އަކީ ގައުމަށް ވީ ހިޔާނާތެއް ކަމަށެވެ.
އުމަރު ވިދާޅުވީ ރައީސް މުއިއްޒު ނެންގެވީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ވެރިއަކު ނުނަންގަވާ ވަރުގެ "ޔޫ ޓާން" އެއް ކަމަށެވެ. އެއާއެކު މިހާރު ރައީސް މުއިއްޒު އެ ހުންނެވީ އިންޑިއާގެ "ގޮނޑި ކޮއްކޮ" އަކަށް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ޔޫޓާނެއް ނެންގެވި އެއް ސަބަބަކީ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ރާއްޖޭގެ މާލީ ހާލަތު ހަމައަކަށް އަޅުވަން އެމަނިކުފާނު ބޭނުންވެވަޑައިނުގަންނަވާތީ ކަމަށާއި ވިސްނުންފުޅު ހުރީ އިތުރު ދަރަނި ނަގައިގެން މާލީ ހާލަތު ރަނގަޅު ކުރުމަށް ކަމަށް އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިފަދަ ޔޫޓާނެއް ނެންގެވީ ވެރިއެއްގެ ކިބައިގައި ހުންނަޖެހޭ ސިފަތަކުގެ ތެރެއިން އެއްވެސް ސިފައެއް ރައީސް މުއިއްޒުގެ ކިބައިގައި ނެތުން ކަމަށް އުމަރު ވިދާޅުވި އެވެ.
"މުއިއްޒުގެ އަސްލު އިޝޫއަކީ އިނގޭތޯ؟ ލީޑާޝިޕް ނެތީ، އެއީ ލީޑަޝިޕްގެ ތެރޭގައި ހިމެނޭ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ގަޓު ހުރުމާ މީހާ ގައިގައި، މީގެތެރެއިން އެއްވެސް ސިފައެއް އެ ބޭފުޅާ ގައިގައި ނެތީ އިނގޭތޯ؟" އުމަރު ވިދާޅުވި އެވެ.
އިންޑިއާގެ ދަށު ނުވެ އެމީހުންނާ ގާތް ގުޅުމެއް ބޭއްވުމަށްޓަކައި އިންޑިއާގެ ކުރިމަތީގައި ބުނަންޖެހޭ ބަސް ބުނަން ވެރިމީހާއަށް ކެރެންޖެހޭނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
ތިމާ ވެރިކަން ހޯދަން އުޅެނީ ތިމާގެ އެބަހުރިހާ ވެރިއެއްގައި ހުންނަންޖެހޭ އެންމެ ސިފައެއްވެސް ވެއްޜުނު ރައީސްގެ ހުރިބާ އެފަދަ ސިފައެއް. ނުރުހުމުގެ ލޮލަކަށް ރަގަޅު އެއްކަމެއް ވެސް ނުފެންނާނެ ކޮޔާ! ތެޅުނު ވަރަކަށް ހުޅުނބު ދާނީ ވެތިކަމެއް ހިޔެއްނުވޭ ދުވަހަލުވެސް ކޮޔަށް ލިބޭނެ ހެނެއް.
މައުމޫނު ޤައުމު ހަލާކު ކޮށްލިފަހުން، ވެރިކަމަށް ކުފޫހަމަވާ މީހަކު ޤައުމަށް އުފައްދައި ނުދެވުނެވެ. މުޅިންވެސް އުޅެނީ "އަނގަފިނދުންނެވެ." ޢުމަރު އަދި މާ ފީކަޅާ ވާނެ ކަމަށް ފެންނަނީ!
ސިޔާސީ ލީޑަރެއްގެ އެއްވެސް ސިފައެއް އުމަރު ގަޔަކުން އަމަލަކުން ނުފެނޭ ބާޒާރު މަތީ ދަމާކަޑާ މީހެއްގެ ސިފަ ފެންނަނީ މީ އަސްލަކީ ދަތް އަޅާނެ ކުއްތާ ވައް ވައް ނުޖަސްސާނެ
އުމަރަކީ ދިވެހި ރަތްޔިތުންނަށް ފުރައްސާރަ ކުރާ ނުބައި ނުލަފާ މީހެއް ކަމަށް ފެނޭ އުމަރު ގެ މަގުސަދު ހާސިލު ނުވުމުން ރަތްޔިތުން ބޮޑު ތާއިދެއް އޮވެ ހޮވާފަ ހުރި ވެރިޔަކަށް ފުރައްސާރަ އެކުރަނީ އުމަރު މޮޔަ ވިޔަސް މިރާއްޖޭ ވެރިކަމެއް ނުދޭނެ ރަތްޔިތުން ކަލޭ އަކަށް ވ ސަލާމް
ދެންވެސް ޢުމަރު ނުހޮވޭނެ
ދިވެހިން ދެން ބޭނުމީ ޢުމަރު ނަޞީރު ކަހަލަ ބޭފުޅެއް..ކެރޭނެ ...ކުރާނެ....އެހިތްވަރު ހުންނާނެ..ޙައްލަކީ ޢުމަރު.