ރަންވީރު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ސިންގަމް އަގެއިން"އަކީ ރަންވީރާއި ދީޕިކާގެ ދަރިފުޅުގެ ފުރަތަމަ ފިލްމު ކަމަށް އޭނާ ބުނެފި އެވެ.

އެ ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ރަންވީރު ބުނީ ދީޕިކާ އެ ފިލްމު ކުޅުނުއިރު ބަނޑުބޮޑު ކަމަށާއި އެހެން ކަމުން އެ ފިލްމަކީ އެ ދަރިފުޅުގެ ވެސް ފުރަތަމަ ފިލްމު ކަމަށެވެ.

އެއާއެކު ރަންވީރު ވަނީ އޭނާގެ ދަރިފުޅަށް "ބޭބީ ސިމްބާ"ގެ ނަމުން ނަން ދީފަ އެވެ. "ސިމްބާ"އަކީ ސިންގަމް ފްރެންޗައިޒްގައި ރަންވީރުގެ ކެރެކްޓަރަށް ކިޔާ ނަމެވެ.

https://www.instagram.com/reel/DA0MJlqSSOP/?utm_source=ig_embed&ig_rid=430f3fd4-af77-40fd-acae-fd1fcba1ce9b

ފިލްމުގެ ހަރަކާތްތަކުގައި ރަންވީރާއެކު ދީޕިކާ ނުފެންނަނީ ކީއްވެގެންތޯ ސުވާލު ކުރެވުމުން ރަންވީރު ބުނީ ދީޕިކާ އުޅެނީ ދަރިފުޅުގެ ކަންކަމުގައި އަވަދިނެތި ކަމަށެވެ.

"އަހަންނަށް އޮތީ ރޭގަނޑު ޑިއުޓީ. އެހެންވެ މިތަނަށް މި އާދެވުނީ" ދަރިފުޅު ބެލުމުގައި ދީޕިކާއާއެކު ބައިވެރިވާކަން ދޭހަ ކޮށްދެމުން ރަންވީރު ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ރަންވީރާއި ދީޕިކާ އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވާއިރު ދަރިފުޅުގެ ނަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.