އއ. ރަަސްދޫއަށް ދިޔަ ޗައިނާގެ ފަތުރުވެރިއަކު އއ. ގަންގެހި ކައިރީގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މިއަދު މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ 27 އަހަރުގެ ޗައިނާ ފިރިހެނެކެވެ.
އޭނާއަކީ ރަސްދޫގެ ގެސްޓްހައުސްއަކަށް ޗުއްޓީއަށް ގޮސް ހުރި މީހެކެވެ.
ފުލުހުންގެ ހިދުމަތުން ވަނީ ފަތުރުވެރިއަކު މަރުވިކަމުގެ ރިފޯޓް މިއަދު ހެނދުނު 11:22 ގައި ލިބުނު ކަމަށް ބުނެފަ އެވެ. އަދި މި މިހާ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް މައުލޫމާތު ދީފަ އެވެ.
މިއީ މި ހަފްތާގައި މަރުވި ދެވަނަ ފަތުރުވެރިޔާ އެވެ. މީގެ ކުރިން ކ. މާފުށީގައި ވެސް ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާ ފަަތުރުވެރިއަކު ވެސް ވަނީ މަރުވެފަ އެވެ.
ލަމްބޯގިނި ކާރެއް ކޮންޓްރޯލް ނުވެ ސޯލާ ޕެނަލްގައި ޖެހި ފުނޑުފުނޑު
އެފްޑީސީއަށް 3 ވަނަ ޑީއެމްޑީއަކު ހަމަޖައްސައިފި
ކާމިޔާބީގެ ސިއްރު: ވަގުތު "މެނޭޖް" ކުރަން ދަސްކުރުން!