ޗައިނާ ސަރުކާރުގެ ހިލޭއެހީގައި ވިލިމާލޭގައި އިމާރާތްކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމުގެ ދިރާސާ ނިމި ޑިޒައިން ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިމުމުން އެ ދިރާސާގެ ހޯދުންތަކާ ގުޅޭ މެމޮރެންޑަމް އޮފް ފީސިބިލިޓީ ފައިންޑިންގްސްގައި ދެ ގައުމުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ މެމޯގައި ސޮއިކުރީ މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މެމޯގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބެވެ. ޗައިނާގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވޮން ލީޝިން އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މިއާ އެކު، މި ޕްރޮޖެކްޓުގެ ދެން އޮތް ފިޔަވަހި ނުވަތަ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަށާނެ ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ އެހީގައި މި ހޮސްޕިޓަލް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ. އެއަށްފަހު ހޮސްޕިޓަލު އިމާރާތް ކުރުމަށް ދިރާސާ ހަދަން ޗައިނާގެ ސަރުކާރާ ހަވާލުކުރީ މިދިޔަ މެއި މަހު އެވެ. މި އަހަރު އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވާ ގޮތް ވަރަށް ތަފާތު
ލާމަރުކަޒީ ނިޒާމާ ޕީއެންސީއާ އެއްވެސް ގުޅުމެއް ނެތް: ސޯލިހު
ޝާހްރުކް، ސަލްމާން އަދި އާމިރު އުމުރާ ގުޅޭ ފިލްމުތައް ކުޅެންޖެހޭ!