ޓިކްޓޮކް ލައިވެއްގައި ޓިކްޓޮކް ސަމާއާއި އަސްލޭގެ ޒުވާބު ހޫނުވެ ސަމާ މަރާލާނެކަމަށް ބުނެ އިންޒާރު ދީފި އެވެ.
ފުލުހުން މިއަދު ބުނީ ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ.
އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަމިއްލަ ފަރާތަކުން މި މައްސަލަ ފުލުހަށް ހުށަހެޅުމުން ބަލަމުން ދާއިރު، ފުލުހުން މިކަމުގައި ހިމެނެނީ ކޮންބައެއްކަން ހާމަކޮށްފައި ނުވެ އެވެ.
ނަމަވެސް ފާއިތުވި ދެތިން ދުވަހު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި އެ ލައިވްގެ ސްކްރީން ރިކޯޑިން އަންނަނީ ދައުރުވަމުން ނެވެ.
"ޓިކްޓޮކް ތަރިން" ކަމަށް ބުނާ ސަމާ އާއި އަސްލޭ އާ ދެމެދު ޒުވާބުކުރުމާއި ފުރައްސާރަކުރުން ކުރިއަށް ދާތާ ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ. ދެމީހުން އެއްދުވަސް ކޮޅެއްގައި ޕެޓަކަށް ގެންގުޅޭ ދެ ޖަނަވާރަށް މަލާމާތްކުރި ވީޑިއޯއެއްވެސް އުޅުނެވެ.
އެނގިފައިވާ ގޮތުގައި މިފަހަރު މައްސަލަ ޖެހުނީ ދަރިންގެ ވާހަކަ ދައްކައިގެނެވެ.
އަހްލާގީ މިންގަނޑާއި ހިލާފަށް ބައެއް ދިވެހިން ޓިކްޓޮކް ތެރޭގައި ޒުވާބުކޮށް އުޅުނުނަމަވެސް، ވަރަށް ރަނގަޅު ކޮންޓެންޓް ގެނެސްދޭ ދިވެހިންވެސް މިހާރު އެ ޕްލެޓްފޯމްގައި އުޅޭކަން ފާހަގަކޮށްލެވެ އެވެ.
ނަފްސާނީ ފަރުވާއާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
މާލޭގެ ވައި ވަރަށް ނުސާފު، ހަޖަމުގެ ސިއްހަތަށް ނުރައްކާ އެބައޮތް!
އިންޒާރާއެކު އީރާނުން އާ މިސައިލް ލޯންޗަރެއް ދައްކާލައިފި