އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވި "ވީ ރޮބޮޓް" ކޮންފަރެންސް ވެގެން ގޮސްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ މުސްތަގުބަލް ވަރަށް ރީތިކޮށް ކުރަހައިދިން ކޮންފަރެންސަކަށެވެ.

އެ ކޮންފަރެންސްގެ އެންމެ ބޮޑު އުސް އައްޔަކަށް ވެފައިވަނީ އިލަން މަސްްކްގެ ކުންފުނި ޓެސްލާއިން ހުށައެޅި އާ ހިއުމަނޮއިޑް ރޮބޮޓެއްގެ ޑިޒައިނެވެ.

ޓެސްލާއިން ހުށައެޅި ޑިޒައިންގައި ވާ ގޮތުން އެ ކުންފުނީގެ އާ ރޮބޮޓަކީ ގޭތެރޭގެ ހުރިހާ ގެވެށި މަސައްކަތްތަކެއް ކުރެވޭ ގޮތަށް އުފައްދާފައިވާ ޑިޒައިނެކެވެ.

އޭގެ އިތުރުން މި ރޮބޮޓަށް ލިބިފައިވާ އެންމެ ހާއްސަ އެއް ސިފައަކީ އިންސާނުންގެ ރަހިމު ފަދައިން މަސައްކަތްކުރާ އާޓިފިޝަލް ރަހިމެއް އެކުލެވިގެންވުން ކަމަށާއި އެހެން ކަމުން އިންސާނުންގެ ދަރިންނާއެކު ދަރިމައިވުމުގެ ގާބިލުކަން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއީ ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުންގެ ނިސްބަތް މަދުކޮށްދީ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބެއް ގެނުވާނެ އީޖާދެއްގެ ގޮތުގައި ޓެކްނޮލޮޖީގެ މާހިރުން ސިފަކުރެ އެވެ.

އެހެން ނަމަވެސް މިކަމާ ހިޔާލު ތަފާތުވާ ފަރާތްތަކުން ބުނާ ގޮތުގައި ދަރިމައިވުމަކީ އިންސާނުންނަށް ވާ ކަމެއް ކަމަށާއި އަންހެނުން ކުރާ ގޮތަށް ރޮބޮޓަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.

ޓެސްލާއިން މި ރޮބޮޓުގެ މަސައްކަތް ކުރަމުން އަންނައިރު އެ ރޮބޮޓުގެ އަގަކީ ގާތްގަނޑަކަށް 20،000 އާއި 30،000 ޑޮލަރާއި ދެމެދުގެ އަގެއް ކަމަށް ބުނެވެ އެވެ.