ހުޅުމާލެ ހިޔާ ފްލެޓްގެ އެޕާޓްމެންޓެއް ތެރޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރިކޮށްލަން އުޅެނިކޮށް ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މިކަން ހިނގީ ރޭ 7:40 ހާއިރު ކަމަށެވެ. މީހަކު ކިޑްނެޕްކޮށްފައިވަނީ ޓަވަރު 9 ގެ 20 ވަނަ ފަންގިފިލާގައި ހުންނަ 11 ވަނަ އެޕާޓްމަންޓްގަ އެވެ.
ރަހީނުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. އޭނަ ރަހީނުކޮށް ބޯ ބޭލުމަށްފަހު އަނިޔާކޮށް، ފުލުހުންނަށް ދެވުނުއިރު މަސައްކަތްކުރަމުން ދިޔައީ އޭނާގެ އިނގިލި ބުރިކޮށްލަންކަމަށް ފުލުހުން ބުންޏެވެ.
މިކަން ކުރުމުގައި އެވަގުތު އެ އެޕާޓްމެންޓް ތެރޭގައި 12 ދިވެހި ފިރިހެނުން ހަރަކާތްތެރިވަމުން ދިޔަ އެވެ. އެ 12 މީހުންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ ކުރިންވެސް މާލެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އިނގިއްޏެއް ބުރިކޮށްލާފައިވެ އެވެ. މަދުންނަމަވެސް މިފަދަ ނުރައްކާތެރި ކުށްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ.
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން
ރަސްގެތީމް ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
އާލިއާ ބޭނުންވަނީ ރަހާ އެތުލީޓަކަށް ވާން