ސިނަމާލެ ބްރިޖުގެ ފެންސުގައި ސައިކަލެއް ޖެހި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެ ހާލު ސީރިއަސް ވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ފަތިހު 5:30 ހާއިރު އެއާޕޯޓް ޓްރެފިކް ލައިޓް ކައިރިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން 53 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި
ފުރަތަމަ ހަ މަހު 2،500 ކުދިން އުފަންވިއިރު، 813 މީހުން މަރުވި
ނިދީގައި ވާހަކަ ދެއްކުން: އެހީ ހޯދަންވީ ކިހާ ހިސާބަކުން؟