ދިވެހި ކުދިބޮޑު އެންމެންގެ މެދުގައި މަގްބޫލު ކެރެކްޓާ "ރޮބޯމޭން" ހަރަކާތްތެރިވާ ޚިޔާލީ ވާހަކައެއްގެ މައްވަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު "ރޮބޯމޭން – ދަ މޫވީ" މިހާރު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހު އޮލިމްޕަސް ސްކްރީނުގައި އެޅުވި މި ފިލްމަށް ވަނީ ގިނަ ބައެއްގެ ލޯބި ލިބިފަ އެވެ. ޚާއްސަކޮށް ދުވަސްތަކަކަށްފަހު ކުޑަކުދިންނާ ގުޅޭ އެ ކުދިންނަށް ހާއްސަ ފިލްމެއް ސިނަމާގައި ބަލާލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އެ ކުންފުނިން ބުނެ އެވެ. އޮލިމްޕަސް ސިނަމާގެ އިތުރުން ބައެއް ރަށްތަކުގައި ވެސް ވަނީ މި ފިލްމު އަޅުވާފަ އެވެ.
މީޑިއާނެޓުން ބުނިގޮތުގައި ސިނަމާއަށް ގޮސް މި ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބި ތިބި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް މިއަދުން ފެށިގެން ވީޑިއޯކްލަބް މެދުވެރިކޮށް ގޭ ސިޓިންގް ރޫމްގައި ތިބެ އާއިލާއާއެކު މި ފިލްމު ބަލާލެވޭނެ އެވެ.
ރޮބޯމޭން މި ފިލްމަށް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިފައި ކަމަށް އެ ކުންފުނިން ބުނެ އެވެ. ހާއްސަކޮށް މި ފިލްމުގައި ހަރަކާތްތެރިވާ ދެ ކުޑަކުދިން ކަމުގައިވާ އަމީލިއާ އަދި މިޝާގެ އެކްޓިން ފާހަގަކޮށްލެވޭ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
މި ދެ ތަރިންނާއި ރޮބޯމޭންގެ އިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު ބައެއް ތަރިންކަމުގައިވާ އައްޒަ އަދި ރަވީ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މި ފިލްމަކީ އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ތައްޔާރުކޮށްފައިވާ އޯރކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ.
މީޑިއާނެޓު އެމްޓީވީ، އެމްއެސް ޓީވީ އަދި އެމް އެސް ލައިޓް ޚިދުމަތް މިހާރުވެސް ގެންގުޅުއްވާ ފަރާތްތަކަށް ވީޑިއޯކްލަބް ކޮންޓެންޓް ބަލާލުމަށް ހަމައެކަނި ޖެހޭނީ ވީޑިއޯކްލަބް ޕެކޭޖު ސަބްސްކްރިޕްޝަނެއް ނަގާލާށެވެ. ޕެކޭޖު/ސަބްސްކްރިޕްޝަން ތިރީގައިވާ ލިންކުން ނަގާލެވޭނެ އެވެ.
ވީޑިއޯކްލަބް ކޮންޓެންޓް ޕެކޭޖު އެކްޓިވޭޓް ކުރުމަށް މި ލިންކަށް ކްލިކްކޮށްލާށެވެ.
މީޑިއާނެޓު ޚިދުމަތް ބޭނުން ނުކުރައްވާ ފަރާތްތަކުން ފުރަތަމަ ޖެހޭނީ ޚިދުމަތައް ރަޖިސްޓާ ކޮށްލާށެވެ. އެއަށްފަހު ޕެކޭޖު/ސަބްސްކްރިޕްޝަނެއް ނަގާލުމުން ވީޑިއޯކްލަބްގެ ކޮންޓެންޓް ބަލާލެވޭނެ އެވެ. ރަޖިސްޓާ ކުރުމަށް ތިރީގައިވާ ލިންކު ބޭނުންކުރެވޭނެ އެވެ.
އެމްޓީވީ / އެމްއެސް ޓީވީ / އެމްއެސް ލައިޓް / އެމްއެސް ޑިޖިޓަލްއަށް ރަޖިސްޓާ ކުރުމަށް މި ލިންކަށް ކްލިކްކޮށްލާށެވެ.